ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލޮޖިސްޓިކްސް އޮފިސަރ

އިޢުލާން

ނަންބަރު:WAMCO-CA/IUL/2017/066 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ލޮޖިސްޓިކްސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން


އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/12,000 އާއި -/ 17,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) މައި އޮފީސް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ޕްރޮކިއުމަންޓް، ކޮމާރސް، ފައިނޭންސް، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  އެފަދަ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ޕްރޮކިއުމަންޓް، ކޮމާރސް، ފައިނޭންސް، ބިޒްނަސް މެނޭޖްމަންޓް  ނުވަތަ  ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ   ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  އެފަދަ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ޕްރޮކިއުމަންޓް، ކޮމާރސް، ފައިނޭންސް، ބިޒްނަސް މެނޭޖްމަންޓް  ނުވަތަ  ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  4. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުމާއި މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭނެ ފަރާތަކަށްވުން؛
  5. އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުމާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  6. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މުދަލާއި ޚިދުމަތް ހޯދުމަށް ބޭނުންވާ ބިޑް އިޢުލާނުތަކާއި، މަޢުލޫމާތު ކަރުދާހާއި، ޓީ.އޯ.އާރއާއި، އެއްބަސްވުންތައް ތައްޔާރުކުރުން.
  2. ބިޑްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްޓަކައި އިވެލުއޭޝަން ކޮމިޓީއަށް ހުށައަޅަންޖެހޭ އެންމެހާ ލިޔެކިއުން ތައްޔާރުކޮށް ކޮމިޓީގެ ޖަލްސާތައް ބޭއްވުން.
  3. ބިޑުތަކުގެ އިވެލުއޭޝަން ރިޕޯރޓްތައް ތައްޔާރުކުރުމާއި، ބިޑްތައް ރައްކާތެރިކޮށް، ރަނގަޅު އެރޭންޖްމަންޓެއްގެ ދަށުން ފައިލްކޮށް ބެލެހެއްޓުމާއި އެފަދަ މުހިއްމު ލިޔުންތައް އޯޑިޓްއަށް ބޭނުންވާ ހާލަތްތަކުގައި އެފަރާތަށް ހުށައެޅުން.
  4. އެކި ފަރާތްތަކާއި އެކު މިކޯޕަރޭޝަނުން އެއްބަސްވެވޭ އެގްރީމަންޓްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ޑްރާފްޓްކޮށް އެކަމާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.
  5. ބިޑްތައް ކާމިޔާބުކުރާ ފަރާތްތަކަށް ދޭންޖެހޭ އެވޯޑް ލެޓާރތައް ތައްޔާރުކޮށް އެފަރާތްތަކަށް ފޯރުކޮށްދިނުން.
  6. މިކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން.
  7. ސެކްޝަންގެ ސިޓީ، ނޯޓް އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  8. މުދަލާއި ޚިދުމަތް ހޯދުމަށް ބޭނުންވާ ބިޑް އިޢުލާނުތަކާއި، މަޢުލޫމާތު ކަރުދާހާއި، ޓީ.އޯ.އާރއާއި، އެއްބަސްވުންތައް ތައްޔާރުކުރުން
  9. ލޮޖިސްޓިކް އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓުން ދުވަހުން ދުވަހަށް ހިންގުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ކުރުން.
  10. ކޯޕަރޭޝަނަށް ބޭނުންވާ މުދަލާއި ޚިދުމަތް، ކަނޑައަޅާއިފައިވާ އުސޫލްތަކާ އެއްގޮތްވާގޮތުގެމަތިން ހޯދުން.
  11. ކޯޕަރޭޝަނަށް ހޯދާ މުދާ ލިބިގަތުމާއި، ގުދަންކުރުމާއި، ދޫކުރުމުގެ އެންމަހައި ކަންކަން ރާވައި ހިންގުމުގައި އެހީތެރިވުން.
  12. ކޯޕަރޭޝަނުގެ ހިންގުން އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ޚިދުމަތާއި ވަސީލަތްތައް ދިރާސާކުރުން.
  13. ކޯޕަރޭޝަނުގެ އޮޑިޓަރުންނަށް ބޭނުންވާނޭ އެންމެހައި މަޢުލޫމާތުތައް ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން.
  14. ލޮޖިސްޓިކްސް އެންޑް މެއިންޓަނަންސް ޑިޕާޓްމަންޓުން ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުން.
  15. މިނޫންވެސް ކުންފުނިން ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންޓަރވިއު

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ،
  4. ޕޮލިސް ރިޕޯޓު (ދޫކުރިފަހުން 03 މަސްދުވަސް ހަމަނުވާ)
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2017 އެޕްރީލު 23 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2017 އެޕްރީލު 25 ން މެއި 05 އަށް ކުރިއަށް ގެންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3000581 ނުވަތަ 7584070 ފޯނަށް ގުޅުއްވުން އެދެމެވެ.

19 ރަޖަބު 1438

16 އެޕްރީލު 2017

16 އޭޕްރިލް 2017
ހޯދާ