ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރ އެއް ބޭނުންވެއްޖެ

 60-ADM/2017/90: ނަންބަރ

އިޢުލާން

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: އޮފިސަރ ގރ 1 (1 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް)

އަދަދު: 1

އަސާސީ މުސާރަ: 4350ރ

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް: މެޑިކަލް ވެއަރ ހައުސް / އެސް.ޓީ.އޯ މެޑިކަލް ސާވިސް ޑިޕާރޓްމަންޓް

 

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: 1500.00ރ – 2450.00ރ އާއި ދެމެދުގެ ޢަދަދެއް ވަޒީފާގެ މަސްޢޫލިއްޔަތާއި ގުޅޭގޮތައް ހަޖައްސައިދެވޭނެ

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫންގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާލިބޭނެ

* މަތީތަޢުލީމް ހާޞިލް ކޮށްފައިވާނަމަ ހަމަޖެހިފައިވާ ޢުޞޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ

* ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނިކުންނަށް ކޮންމެ ދުވަހަކަށް 100.00 ރުފިޔާ އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ލިބޭނެ

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަން އަށްފަހު)

 

މަޤާމުގެ މަސްޢޫލިއްޔަތު:

* ކޯޓޭޝަންތައް ހެދުމާއި، ސޭލްސްއޯޑާރ ބެލެހެއްޓުން
* ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދީ އެހީތެރިވެދިނުން
* ލިޔެކިޔުންތައް ބެލެހެއްޓުން

 

ތަޢުލީމީ ތަޖްރިބާ:


* ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން


އެހެނިހެން ހުނަރު:

* މައިކްރޯ ސޮފްޓް ވޯރޑް އަދި އެކްސެލް ބޭނުންކުރަން އެނގުން

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 އޭޕްރިލް  18 ވަނަ ދުވަހު 12:30 ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯރމް މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުން ނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

www.sto.mv އެސްޓީއޯ ވެބްސައިޓް

 

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( ހުށަހަޅާ ސެޓްފިކެޓް ތަކުގައި އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ.)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ  ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

 

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯރގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344179/3344368  ފެކްސް:  3344041  އީމެއިލް: [email protected]

 

 

12 އޭޕްރިލް 2017

12 އޭޕްރިލް 2017
ހޯދާ