ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު


 

ނަންބަރު: (IUL)FAH-A/FAH/2017/4

އިޢުލާން

 މިހޮސްޕިޓަލުގެ، ތިރީގައިމިވާ މަޤާމުތަކަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

ސ.އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-275553

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް . އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސ . އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިދާރީ ސެކްޝަނަށް

މަޤާމް އޮތް އޮފީސް:

ފ.އަތޮޅު ހޮސްޕިޓަލު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފ.އަތޮޅު ހޮސްޕިޓަލު

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

1.   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2.   ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3.   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެފައިސާއާއި އެހެނިހެން އިނާޔަތްތައް .

މަޤާމުގެ ޝަރުތުތައް:

1.                  ހިއުމަން ރިސޯސް މެނޭޖުމަންޓްސް  ، ހެލްތު ސަރވިސް މެނޭޖުމަންޓް ، މެނޭޖުމަންޓް ، ބިޒްނަސް މެނޭޖުމަންޓް ، އެމްޕްލޯއިމެންޓް ލޯ ، ޕަބްލިކް ރިލޭޝަން ، ޓްރޭނިން އެންޑް ޑިވެލޮޕްމަންޓް ، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖުމަންޓުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެއޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެމަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. ނުވަތަ

2.                  ހިއުމަން ރިސޯސް މެނޭޖުމަންޓްސް  ، ހެލްތު ސަރވިސް މެނޭޖުމަންޓް ، މެނޭޖުމަންޓް ، ބިޒްނަސް މެނޭޖުމަންޓް ، އެމްޕްލޯއިމެންޓް ލޯ ، ޕަބްލިކް ރިލޭޝަން ، ޓްރޭނިން އެންޑް ޑިވެލޮޕްމަންޓް ، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖުމަންޓުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެއޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ

3.                  ހިއުމަން ރިސޯސް މެނޭޖުމަންޓްސް  ، ހެލްތު ސަރވިސް މެނޭޖުމަންޓް ، މެނޭޖުމަންޓް ، ބިޒްނަސް މެނޭޖުމަންޓް ، އެމްޕްލޯއިމެންޓް ލޯ ، ޕަބްލިކް ރިލޭޝަން ، ޓްރޭނިން އެންޑް ޑިވެލޮޕްމަންޓް ، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖުމަންޓުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެއޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ  ސަނަދެއް ހާސިލް ކޮށްފައިވުން .

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.   ހޮސްޕިޓަލުގެ އިދާރީ ސެކްޝަނުގެ އިސްމީހެއްގެ ގޮތުން ކުރަންޖެހޭ އެންމެހާކަންކަން ޒިންމާދާރުވެރިޔާ އަންގާ ގޮތެއްގެ މަތިން ކުރުން .

2.   އިދާރީގޮތުން ހޮސްޕިޓަލުން ޖަވާބުދޭންޖެހޭ ލިޔުންތަކާއި ، ޖަވާބުދާރީވާންޖެހޭ ކަންކަމުގައި ޒިންމާދާރުވެރިޔާގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުން  

3.   މުވައްޒަފުންނާއި ގުޅުންހުރި ( އެޗް އާރު ގެ ) ހުރިހާ މަސައްކަތެއް ހަވާލުވެފައިވާ މުވައްޒަފުލައްވާ ކުރުވުމާއި ، މުވައްޒަފު ނެތްހާލަތުގައި އެމަސައްކަތް ކުރެވޭނެ އިންތިޒާމް ޒިންމާދާރު ވެރިޔާއާއި މަޝްވަރާ ކުރުމަށްފަހު ހަމަޖެއްސުން .

4.   ހޮސްޕިޓަލާއި ، ހޮސްޕިޓަލުގެ އިދާރީ ސެކްޝަނުގެ ކަންތައްތައް ބެލެހެއްޓުމާއި އެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވާ މުވައްޒަފުން އެމަސައްކަތް ކުރޭތޯ ބަލާ މަސައްކަތްކުރުވުން.

5.   ހޮސްޕިޓަލުގެ މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުމާއި، ޙާޟިރީ ރިޕޯޓް ހެދުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމަށް ހަވާލުކުރެވޭ މުވައްޒަފުން ލައްވާ ކުރުވުން

6.      ނިމިފައިވާ މައްސަލަތައް ފައިލްކޮށް ފަރުވާތެރިކަމާއި ބެލެހެއްޓުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު މުވައްޒަފުންނަށް އެކަން ކުރުމަށް މަގުފަހިކޮށްދިނުން

7.      ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

8.      ހޮސްޕިޓަލުން  ކުރިއަށްގެންދާ ޚާއްޞަމަސައްކަތްތަކުގައި ބައިވެރިވުމާއި، ޞިއްޙީގޮތުން ފާހަގަކުރާ ދުވަސްތަކާއި ކަންކަމުގައި ބައިވެރިވެ  މަސައްކަތްކުރުމާއި ހޮސްޕިޓަލުން ހަވާލުކުރާ ހޮސްޕިޓަލުގެ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމް:

އ . އިލެކްޓްރިޝަން

މަޤާމުގެ ނަންބަރު:

J-255058

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ . އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އ. ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިދާރީ ސެކްޝަނަށް

މަޤާމް އޮތް އޮފީސް:

ފ.އަތޮޅު ހޮސްޕިޓަލު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފ.އަތޮޅު ހޮސްޕިޓަލު

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

1.      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2.   ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3.   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެފައިސާއާއި އެހެނިހެން އިނާޔަތްތައް .

މަޤާމުގެ ޝަރުތުތައް:

1. ރިޕެއަރ އެންޑް މެއިންޓެނަސް ، އިލެކްޓޯނިކްސް ، މެކޭނިކް، އިންޖިނިއަރިން ، އިލެކްޓްރިކްސް އެންޑް އިލެކްޓޯނިކްސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެއޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެމަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. ނުވަތަ

2.  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިންދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލްސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑްލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.      ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުން ބަލަހައްޓަމުންދާ އިމާރާތްތަކުގެ ކަރަންޓަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން

2.   ހޮސްޕިޓަލަށް ކަރަންޓް ދިނުމަށް ބޭނުންކުރަމުންދާ އިންޖީނަށް ދިމާވާ މައްސަލަތައް މެއިންޓެނަސް އޮފިސަރ ލަފާމަޝްވަރާގެ މަތިން ހައްލުކޮށް ބެލެހެއްޓުން   

3.   ހޮސްޕިޓަލަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރުތަކަށް ތެލާއި ފެން ހަމަކޮށް އަބަދުވެސް ކަރަންޓް ދެވޭ ހާލަތުގައި ބެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން

4.   ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުން ބަލަހައްޓަމުންދާ އިމާރާތްތަކުގެ ކަރަންޓް ވިއުގައަށް ގެންނަށްޖެހޭ ބަދަލުތައް ގެނައުމާއި، ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން

5.   މެކޭނިކް ނެތްނަމަ މެކޭނިކުގެ މަސައްކަތްތަކާއި ހަވާލުވެ އެމަސައްކަތްތައް ކުރުން

6.      ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

7.      ހޮސްޕިޓަލުން  ކުރިއަށްގެންދާ ޚާއްޞަމަސައްކަތްތަކުގައި ބައިވެރިވުމާއި، ޞިއްޙީގޮތުން ފާހަގަކުރާ ދުވަސްތަކާއި ކަންކަމުގައި ބައިވެރިވެ  މަސައްކަތްކުރުމާއި ހޮސްޕިޓަލުން ހަވާލުކުރާ ހޮސްޕިޓަލުގެ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1.   ތަޢުލީމާއި ތަމްރީނު.

2.   މަސައްކަތުގެ ތަޖުރިބާ.

3.   މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް ދެނެގަތުމަށް ކުރެވޭ އިންޓަވިއު

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1.   ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2.   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.   ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.   ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.   ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6.   ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7.   ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8.   މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ)ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ފ.އަތޮޅު ހޮސްޕިޓަލުގެ އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ދިވެހި ސިވިލް ސަރވިސްގެ (www.csc.gov.mv) ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 އޭޕްރީލް 17 ވާ ހޯމަ ދުވަހުގެ 12.00 ގެ ކުރިން،ފ.އަތޮޅު ހޮސްޕިޓަލުގެ އޮފީހަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 އޭޕްރީލް 23 އާއި 24 އާ ދެމެދު،ފ. އަތޮޅު ހޮސްޕިޓަލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

ޖުމްލަ އިންސައްތަ 30%

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މިހޮސްޕިޓަލުގެ 6740086ނަންބަރު ފޯނަށް، ނުވަތަ 6740087ނަންބަރު ފޯނަށް ގުޅުންއެދެމެވެ. ފެކްސް ނަންބަރަކީ، 6740089 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

 

04 އޭޕްރިލް 2017
ހޯދާ