މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ރާއްޖޭގެ 25 ސަރަހައްދެއްގައި ހަރުކުރުމަށް ހަމަޖެހިފައިވާ އޮޓޮމެޓިކް ވެދަރ ސްޓޭޝަންތައް ހަރުކުރުމުގެ މަސައްކަތުގައި އިޓަލީގެ ކުންފުންޏަކާއިއެކު ޖޮއިންޓް ވެންޗަރ އުސޫލުން މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރުމަށް

                         އިޢުލާން              ނަންބަރު:MMS-A/2017/15

 

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ރާއްޖޭގެ 25 ސަރަހައްދެއްގައި ހަރުކުރުމަށް ހަމަޖެހިފައިވާ އޮޓޮމެޓިކް ވެދަރ ސްޓޭޝަންތައް ހަރުކުރުމުގެ މަސައްކަތުގައި އިޓަލީގެ ކުންފުންޏަކާއިއެކު ޖޮއިންޓް ވެންޗަރ އުސޫލުން މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރުމަށް

 

          މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ޤާއިމްކުރެވިފައިވާ 'މޫސުމީ ވިއުގަ" އިތުރަށް ހަރުދަނާކޮށް  ފުޅާކުރުމަށް ރާއްޖޭގެ 25 ސަރަހައްދެއްގައި "އޮޓޮމެޓިކް ވެދަރ ސްޓޭޝަންތައް" ހަރުކުރުމަށް ބޭނުންވެއެވެެ. މިމަސައްކަތުގެ ތެރޭގައި ހިމެނެނީ، މިސަރވިސްއަށް ސްޓޭޝަންތަށް ފޯރުކޮށްދީ، އިންސްޓޯލްކޮށްދިނުމަށް ހޮވާ އިޓަލީވިލާތުގެ ކުންފުންޏާއެކު ޖޮއިންޓް ވެންޗަރ އުސޫލުން ގުޅި މިކުންފުންޏާއިއެކު ކުރުމަށް އެއްބަސްވެވޭ އެންމެހާ މަސައްކަތެވެ. ވީމާ، މިމަޝްރޫޢުގެ މަސައްކަތްތަކަށް ޝައުގުވެރިވާ، ޤާބިލްކަންހުރި ދިވެހި ކުންފުނިތަކުން މިމަސައްކަތް ކުރުމަަށް ޝައުގު ވެރިކަން (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް) ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

މިމަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް މިސަރވިސްގެ ވެބްސައިޓުގެ ތިރީގައިމިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ. http://www.meteorology.gov.mv/uploads/ToR_Strengthening_Weather_Observation_Network.PDF

 

ހުށަހަޅަންވީ ތަކެތި

  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ އަދި ކުންފުނީގެ އޮގަނައިޒޭޝަނަލް ސްޓަކްޗަރ).
  • މިމަސައްކަތް ކުރިޔަށް ގެންދިޔުމުގައި ކުންފުނީގައި ހުރުމަށް "ޓާރމްސް އޮފް ރިފަރެންސް" ގައި ކަނޑައަޅުއްވާފައިވާ 'ކީ ޕާރސަނަލްސް" ގެ ވަނަވަރުތަށް އަދި އެފަރާތަކީ ކުންފުނީގެ މުވައްޒަފެއް ނޫންނަމަ މި މަސައްކަތް ކުުރުމަށް އެއްބަސްވެފައިވާ ލިޔުމެއް.
  • މިފަދަ މަސައްކަތެއް ނުވަތަ އެހެނިހެން މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ކުންފުނީގެ މާލީ ހާލަތު ބަޔާންކުރާ ލިޔުން ހުށަހަޅަންވާނެއެވެ.
  • ދައުލަތަށް ދައްކަންޖޭ އެއްވެސް ފައިސާއެއް ނެތްކަން ހާމަކޮށްދިނުމުގެ ގޮތުން މޯލްޑިވްސް އިންލެނެޑް ރެވިނިއު އޮތޯރިޓީ (މީރާ) އިން ހޯދާފައިވާ ޓެކްސް ކްލިއަރެންސް ލިޔުން ހުށަހަޅަންވާނެއެވެ.   

މައުލޫމާތު ދިނުމުގެ ބައްދަލުވުން

މިމަޝްރޫއުއާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 11 އޭޕްރީލް 2017 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައެވެ. ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ އިހްތިޔާރް ލިބިގެންވެއެވެ. ނަމަވެސް ދެވޭ މުހިންމު މަޢުލޫމާތެއް މިފަދަ ފަރާތްތަކަށް ނުލިބުމުގެ ޒިންމާ މި ސަރވިސް އިން ނުނަގާނެ ވާހަކަ ދަންނަވަމެވެ.  

"އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުޅުވުން

"އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުޅުވުމަށް ހަމަޖެހިފައިވަނީ 18 އޭޕްރީލް 2017 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގައި "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 18 އޭޕްރީލް 2017 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00  އަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ހުށަހެޅުއްވުން އެދެމެވެ. 

 

ނޯޓް: މަޢުލޫމާތު ފުރިހަމަނޫން ޕްރޮޕޯސަލް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ސަރވިސް އަށް ލިބިގެންވެއެވެ.

 

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

ހުޅުލެ، ދިވެހިރާއްޖެ

ފޯން: 3323084

އީމެއިލް: [email protected]

05 އޭޕްރީލް 2017

05 އޭޕްރިލް 2017
ހޯދާ