ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް ހުޅުމާލެ ކުނިކޮށްޓަށް ކުނިއުކާލަން ވަންނަ ހަތަރު ފުރޮޅުލީ އުޅަނދުތަކުން ޓްރާންސްފަރ ފީއެއް ނެގުމާގުޅޭ

އިޢުލާން

ނަންބަރ: WAMCO-CA/IUL/2017/056

 

މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް ހުޅުމާލެ ކުނިކޮށްޓަށް ކުނިއުކާލަން ވަންނަ ހަތަރު ފުރޮޅުލީ އުޅަނދުތަކުން ޓްރާންސްފަރ ފީއެއް ނެގުމާގުޅޭ

މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް ހުޅުމާލެ ކުނިކޮށްޓަށް ކުނިއުކާލަން ވަންނަ ހަތަރު ފުރޮޅުލީ ހުރިހާ އުޅަނދަކުން، 2017 މޭ 15 ވަނަ ދުވަހުން ފެށިގެން ޓްރާންސްފަރ ފީ ނެގުމަށް ހަމަޖެހިފައިވާ ވާހަކަ އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ. މިގޮތުން ފީ ނެގޭނީ، ކުނި ގެންނަ އުޅަނދުގެ ޓަނޭޖަށް ބަލައި، ކޮންމެ ޓަނަކަށް -/200 ރުފިޔާގެ ރޭޓުންނެވެ. މިކަމާ ބެހޭ އިތުރު ތަފުސީލު މިކޯޕަރޭޝަނުގެ ވެބްސައިޓް www.wamco.com.mv އިން ލިބިވަޑައިގަންނަވާނެއެވެ.

07 ރަޖަބު 1438

04 އޭޕްރީލް 2017

04 އޭޕްރިލް 2017
ހޯދާ