މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް 3 ކޮމްޕިއުޓަރ ސިސްޓަމް އަދި 01 ލެޕްޓޮޕް ގަތުމާއިގުޅޭ

     ނަންބަރު: MMS-A/2017/17

އަންދާސީ ހިސާބު ބޭނުންވެއްޖެ.

             ތިރީގައިވާ މަޢުލޫމާތާއިއެއްގޮތަށް މިސަރވިސް އަށް 03 ކޮމްޕިއުޓަރ ސިސްޓަމް އަދި 01 ލެޕްޓޮޕް ގަންނަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017  އޭޕްރީލު 12 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާއިރު ތިރީގައިވާ މަޢުލޫމާތުތައްވެސް ހުށައެޅުއްވުން އެދެމެވެ.

ކޮމްޕިއުޓަރ ސިސްޓަމް ތަކުގެ ޢަދަދާއި ތަފްސީލް:

03 ކޮމްޕިއުޓަރ ސިސްޓަމް  ގެ ސްޕެސިފިކޭޝަން

Spec

Details

Processor

Intel Core i5 3.00 GHz or Equivalent

RAM

4 GB DDR4 of 1600Mhz

Storage

1 TB SATAII

Graphics

1 GB Dedicated Graphics

Networking

Gigabit Ethernet NIC

Ports

USB 2.0x2, USB3.0x2

Keyboard

USB Keyboard

Mouse

Optical Scroll Mouse (including mouse pad)

Operating System

Microsoft Windows 10 Professional 64- bit Genuine

Monitor

19” LCD/LED

Warranty

1 Year parts warranty

Note: All requirements mentioned for Computer System above are minimum.

 

 01 ލެޕްޓޮޕްގެ ސްޕެސިފިކޭޝަން

Spec

Description

CPU

Intel Core i5 2.6 GHz or Equivalent  (3.0 GHz with turbo boost)

Graphics

1GB Graphics

RAM

8GB of 1600MHz

Screen Size

13.x-inch

Resolution

1920 x 1080

Storage

256GB SSD

Networking

Wi-Fi wireless and Ethernet

Ports

USB USB3.0x2

Warranty

1 Year parts warranty

Note: All requirements mentioned for Laptop above are minimum except for SCREEN SIZE.

Screen Size must be 13.x inches

 

ހުށަހަޅާ އެސްޓިމޭޓްތަކުގައި ހުންނަން ޖެހޭ މަޢުލޫމާތު

 

  • މަތީގައިވާ ގޮތަށް 03 ކޮމްޕިއުޓަރ ސިސްޓަމްއަށް އަދި 01 ލެޕްޓޮޕްއަށް އެސްޓިމޭޓް ހުށައެޅުން.
  • އޮޕަރޭޓިން ސިސްޓަމް ވާންޖެހީނީ ވިންޑޯސް 10 ޖެނުއިން އޮޕަރޭޓިން ސިސްޓަމް އަކަށެވެ.
  • އެސްޓިމޭޓް ހުށައަޅުއްވާ ކޮމްޕިއުޓަރ ސިސްޓަމްތަށް ވާންޖެހޭނީ ރާއްޖެއިން ސަރވިސްކުރުމުގެ ޚިދުމަތްލިބެން ހުންނަ ތަކެއްޗަށެވެ.
  • އެސްޓިމޭޓް ހުށައަޅުއްވާއިރު، ކޮމްޕިއުޓަރ ސިސްޓަމްގެ ރޭޓް އަދި ޖުމްލަ އަގު ، ލެޕްޓޮޕްގެ ރޭޓް އަދި ޖުމްލަ އަގު ހުށައަޅަންވާނެއެވެ.  
  • ހުޅުލޭގައި ހުންނަ މިސަރވިސް އަށް ކޮމްޕިއުޓަރ ސިސްޓަމްތަށް އަދި ލެޕްޓޮޕް ފޯރުކޮށް ދިނުމަށް ޑެލިވަރީ އެއްވެސް ޗާރޖެް ނަގާނަމަ އެކަން އެސްޓިމޭޓްގައި އެގެން އޮންނަން ވާނެއެވެ. މިގޮތުން އެއްވެސް އަގެއް ނަގާނަމަ ޖުމްލަ އަގުކަމުގައި ބަލާނީ ޑެލިވަރީ ކުރުމަށް ދާ ޚަރަދު ހިމަނައިގެންނެވެ.
  • އެސްޓިމޭޓްގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަން ވާނެއެވެ.
  • ޑެލިވަރ ކޮށްދެވޭނެ މުއްދަތު އެސްޓިމޭޓްގައި ހިމެނުން.
  • ކޮމްޕިއުޓަރ ސިސްޓަމް ތަކަށް އަދި ލެޕްޓޮޕް ތަކަށް މަދުވެގެން 01 އަހަރުގެ މުއްދަތަކަށް ވޮރަންޓީ ދޭންވާނެއެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ޕްރޮފައިލް ހުށަހަޅުއްވަން ވާނެއެވެ. އަދި ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއެއްވެސް ހުށައަޅުއްވަން ވާނެއެވެ. މީރާގައި ޖީ.އެސް.ޓީ އަށް ރަޖިިސްޓްރީކޮށްފައިވާނަމަ ރަޖިސްޓްރީގެ ކޮޕީއެއް ހުށައަޅުއްވަންވާނެއެވެ.
  • ވޭތުވެދިޔަ 02 އަހަރު ދުވަހުގެ ތެރޭގައި ކޮމްޕިއުޓަރ ސިސްޓަމް، ލެޕްޓޮޕް ސަޕްލައި ކޮށްދެއްވާފައިވާ ކަން ހާމަކޮށްދޭ ލިޔުންތައް ހުށައަޅުއްވަން ވާނެއެވެ.
  • މިކަމަށް ހޮވޭފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި ރިޕްލޭސް ކޮށްދެއްވަން ވާނެއެވެ.
  • ތައްޔާރުކުރާ އެސްޓިމޭޓަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
  • ދެވިފައިވާ މަޢުލޫމާތާއިބެހޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް އޮތްނަމަ، މިސަރވިސްގެ އިންސްޓްރޫމަންޓް ޓެކްނީޝަން މޫސާ ސަޢީދު 9178798 އާއި ގުޅުއްވުން އެދެމެވެ. 

 

                               ބިޑް އިވެލުއޭޝަން ކްރައިޓީރިއާ

ތަފްސީލް

  ޕޮއިންޓް

  1. ހުށަހަޅާފައިވާ އަގު: ( އެންމެ ކުޑަ އަގު / ހުށަހަޅާފައިވާ އަގު x 60 )

60

  1. މުއްދަތު:  ( އެންމެ ކުރު މުއްދަތު / ހުށަހަޅާފައިވާ މުއްދަތު x 20 )

20

  1. ތަޖުރިބާ: (މަސައްކަތާއި ގުޅޭ ދާއިރާއަކުން ހުށަހަޅާ ކޮންމެ ލިޔުމަކަށް 1 ޕޮއިންޓް،  ގިނަވެގެން 10 ޕޮއިންޓް )

10

  1. ވޮރަންޓީ: ) 1 އަހަރު ނަމަ 5 ޕޮއިންޓް އަދި 1 އަަހަރަށް ވުރެން ގިނަ ނަމަ 10 ޕޮއިންޓް )

10

 

   

 

 

 

 

 

  ހުށަހެޅޭއަންދާސީހިސާބެއްބާތިލް (ޑިސްކޮލިފައި) ކުރެވިދާނެގޮތްތައް:  

 

  1. ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.

 

  1. ހުށަހަޅާ އަންދާސީ ހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގުހުށަހެޅިފައި ނެތުން.

 

  1. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.

 

  1. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވުން.

 

  1. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.

 

 

                        06 ރަޖަބު 1438

                       

 

 

03 އޭޕްރިލް 2017
ހޯދާ