ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު:

ޗީފް ލައިބްރޭރިއަން

ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު 15246.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 6534.00 ރުފިޔާ

އޮފީސް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ސްޕައިން ޕޮއިންޓް/ގްރޭޑް

46/8

މަޤާމުގެ ޝަރްޠުތައް:

  • އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި، ވަޒީފާގެ މަސްޢޫލިއްޔަތުތައް އަދާކުރަން އެނގުން.
  1. ލެވެލް 9 ގެ ކޮލިފިކޭޝަންއެއް ގުޅޭދާއިރާއަކުން ލިބިފައިވުން ނުވަތަ،
  2. ލެވެލް 7 ގެ ކޮލިފިކޭޝަންއެއް ގުޅޭދާއިރާއަކުން ލިބިފައިވުމާއި އެކު 10  އަހަރު ދުވަހުގެ ތަޖުރިބާ އެ ދާއިރާ އިން ލިބިފައިވުން ނުވަތަ،
  3. ލެވެލް 5 ގެ ކޮލިފިކޭޝަންއެއް ގުޅޭދާއިރާއަކުން ލިބިފައިވުމާއި އެކު 20  އަހަރު ދުވަހުގެ ތަޖުރިބާ އެ ދާއިރާ އިން ލިބިފައިވުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ލައިބްރަރީގެ ކަންތައްތައް ބަލައި، ތަނުގެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް، ލައިބްރަރީގެ މުވައްޒަފުންނަށް އިރުޝާދުދީ، ދަށުގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީނުކުރުން.
  •  ތަނުން ދެވޭ ޚިދުމަތްތަކަކީ ރައްކާތެރި އަދި ރަނގަޅުގޮތެއްގައި ދެވޭ ޚިދުމަތްތަކެއްކަން ކަށަވަރުކޮށްދިނުން.
  • ލައިބްރަރީ ތަރައްޤީކުރުމަށް ބޭނުންވާ ތަކެތި ހޯދައި، ރެކޯޑަށްޓަކައި ނުވަތަ އާންމުކޮށް ބަލަންނުޖެހޭ ލިޔުންތައް ރަނގަޅަށް ރައްކާކުރެވިފައި ހުރޭތޯ ބެލުން.މުވައްޒަފުންނަށް ބޭނުންވާ ޑިއުޓީތާވަލްތައް ހަދާ، އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  • ޔުނިވަރސިޓީގެ ލައިބްރަރީގެ ޚިދުމަތްތަށް ދުވަހުން ދުވަހަށް ފުޅާކުރުމަށް ބޭނުންވާނެ ވަޞީލަތްތައް ނުވަތަ އެކަމަށް އެކަށޭނަ ގަވާއިދުތަކެއް ތައްޔާރުކޮށް ލައިބްރަރީ ކޮމެޓީއަށް ހުށަހެޅުމާއި، ލައިބްރަރީތައް ގަޑިއަށް ހުޅުވާފައިހުރޭތޯ ބެލުމާއި، ހުޅުވިފައި ހުންނަ ގަޑިތަކުގައި، ލައިބްރަރީ ބޭނުންކުރަމުންދާ ފަރާތްތަކަށް ތަނުގެ ބޭނުން އެންމެ އެދެވޭގޮތެއްގެމަތިން ކުރެވޭނެގޮތް ރާވައި އިންތިޒާމްކުރުން.

 

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ)
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2017 އޭޕްރީލް 09 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022107 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
       

            30  މާރިޗު 2017

30 މާރިޗު 2017
ހޯދާ