ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ލޯންޗު ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް

ދިވެހިރާއްޖެ

ނަންބަރު:   (IUL)120/120/2017/017

އިޢުލާން

 

ލޯންޗު ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

                 މިޑިޕާޓްމަންޓުން ހިންގާ މެއި ޖޫން އޭލެވެލް  އިމްތިޙާންތަކާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ސުވާލުކަރުދާސް ގެންދިއުމާއި ޖަވާބު ކަރުދާސް ގެނައުމާއި އަދި މި އިމްތިޙާނާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު IUL)120/120/2017/015 އިއުލާނު ކުރެވުނު އިރު މައުލޫމާތް ސާފްކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރަސަތު ނުލިބޭނެ ވާހަކަ ހިމެނިފައި ނުވާތީ އެއިއުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

                 ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 އޭޕްރިލް 03 ވާ ހޯމަ ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޭޕްރިލް 06 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

                 މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 3 ވަނަ ފަންގިފިލާގައެވެ. މައުލޫމާތު ސާފުކުރުމަށް ޙާޒިރު ނުވާ ފަރާތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ

         01 ރަޖަބް 1438

         29 މާރޗް 2017 

30 މާރިޗު 2017
ހޯދާ