މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓްމެނޭޖްމަންޓް ސެންޓަރ ޤާއިމުކުރާ ބިމުގައި ހުރި ރުއްގަސް ނަގާދޭނެ ފަރާތެއް ހޯދުން

`

 

މިލަދުންމަޑުލުއުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ

         ފީވައް،

        ދިވެހިރާއްޖެ

 

 

                                                ނަންބަރު:(IUL)275-AB/275/2017/6

 

 

އިޢްލާން

ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޤާއިމުކުރާ ބިމުގައި ހުރި ރުއްގަސް ނަގާ ދޭނެ ފަރާތެއް ހޯދުން

                  މިރަށުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް (ކުނިކޮށްޓެއް) ޤާއިމުކުރަން މިކައުންސިލުން ކަނޑައަޅާފައިވާ 90 ފޫޓް 90 ފޫޓް ބިމުގައި ހުރި ރުއްގަސް ވޮލަންޓިއަރ އުޞޫލުން (ހިލޭ ސާބަހަށް) ނަގާ ބިން ސާފުކޮށް ލެވެލްކޮށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                  ވީމާ، ވޮލަންޓިއަރ އުޞޫލުން މިކަން ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 02 އޭޕްރީލް 2017 ވާ އާދީއްތަ ދުވަހުގެ 14:00 ގެކުރިން އެކަން ބަޔާންކޮށް މި އިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 9820715 އާއި ގުޅުއްވުމުން އެކަމެއް ސާފުކޮށްދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

                  29 ޖުމާދަލްއާޚިރާ 1438ހ.

                  28 މާރޗް     2017މ.

28 މާރިޗު 2017
ހޯދާ