މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓެންޓް

އިޢުލާން

ވަރލްޑްބޭންކުގެ އެހީގައި ދިވެހި ސަރުކާރުން ތަންފީޒުކުރާ އެންހާންސިންގް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތައްޔާރުކޮށްފައިވާ ހަޔަރ އެޑިޔުކޭޝަން މާސްޓަރ ޕްލޭންއަށް ސްޓްރެޓީޖިކް ޕްލޭންއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:           ކޮންސަލްޓަންޓް

ބޭނުންވާ އަދަދު:      1 (އެކެއް)

މަސައްކަތުގެ މުއްދަތު:   01 މަސް ދުވަސް ނުވަތަ ދެފަރާތް އެއްބަސްވާ މުއްދަތަކަށް

މުސާރަ:           ދެފަރާތް އެއްބަސްވާ މިންވަރަކަށް  

ފެންވަރު ނުވަތަ ޝަރުތު:

މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ވެބްސައިޓް http://www.eedp.moe.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 މާރޗް 2017 ގެ 13:00 ގެ ކުރިން  އެދުރުހިޔާ އިމާރާތުގެ 09 ވަނަ ފަންގިފިލާގައި ހުންނަ ކޯރޑިނޭޝަން ސަޕޯޓް ޔުނިޓްއަށް، އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް، އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 3341319 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.          

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  2. ކޮންސަލްޓަންސީ ދިނުމަށް އެދި ހުށަހަޅާ ފަރާތުގެ ސީ.ވީ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓްގެ ކޮޕީ
  4. ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ.

ކޯރޑިނޭޝަން ސަޕޯޓް ޔުނިޓް (ސީ.އެސް.ޔޫ.)،

ނަންބަރު : 9 ވަނަ ފަންގިފިލާ، އެދުރުހިޔާ، ފަޅުމަތީމަގު، މާލެ، ދިވެހިރާއްޖެ

އީމެއިލް :   [email protected]    ފޯން: 3341319 

ކޮންސަލްޓަންސީ ދޭނޭ ފަރާތެއް ހޮވުން:  

މި މަސައްކަތަށް ބޭފުޅަކު ހޮވޭނީ ހުށަހަޅާ ލިޔެކިޔުންތައް ބަލައި އިވެލުއޭޓް ކުރުމަށްފަހު، އެންމެ ޤާބިލު ފަރާތެކެވެ. ބޭފުޅަކު ހޮވުމުގައި ޢަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ. ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލުކުރާ އުޞޫލް، ޖެނުއަރީ 2011" ގައިވާގޮތުގެ މަތިންނެވެ.

އިތުރު މައުލޫމާތު:    

މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މި މިނިސްޓްރީގެ ކޯރޑިނޭޝަން ސަޕޯޓް ޔުނިޓުގެ 3341319 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

17 ޖުމާދަލްއާޚިރާ 1438

16 މާރިޗު 2017
ހޯދާ