ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

                      

 ހިދާޔާ ސްކޫލް                                 

   ނ.މިލަދޫ                                                                                                          

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

ނަންބަރ: GS116-IUL/2017/007

ތާރީޚް: 13 މާރޗް 2017

 

 

މަޤާމް:

މަސައްކަތު ( ވަގުތީ )

އޮފީސް:

ނ.މިލަދޫ ހިދާޔާ ސުކޫލް

ބޭނުންވާ ޢަދަދު:

1

މުސާރަ:

މަހަކު -/3100 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

 

 

މަޤާމުގެ ނަން:

މަސައްކަތު ( ވަގުތީ )

މަޤާމުގެ ރޭންކް އަދި ކްލެސިފިކޭޝަން:

އެސް.އެސް. 1/ސަޕޯރޓް ސްޓާފް ގްރޭޑް 1

މަޤާމުގެ މަސްޢޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާޞާ:

1.    ސުކޫލު އިމާރާތާއި ގޯތި ތެރެއާއި، މަގާއި ގޯޅި ކުނިކަހާ ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި، އަދި މުށިޖަހާފައިވާ އިމާރާތްތަކާއި ކުލާސްރޫމްތައް އެތެރޭގައި މޮޕްލައި ސާފުކޮށް ބެލެހެއްޓުން.

2.    ކޮންމެ ރަސްމީ ދުވަހެއްގެ ރަސްމީ ގަޑީގައި ސުކޫލަށް ޙާޟިރުވެ ކުލާސްރޫމްތައް ކުނިކަހާ، މޭޒުތަކާއި ގޮނޑިތައް ފޮޅާ ސާފުކުރުން.

3.    ސުކޫލުން ބާއްވާ ބައްދަލުވުންތަކަށް ތަން ތައްޔާރުކުރުމާއި، އެކަންތައްތައް ނިމުމުން ކުލާސް ރޫމްތައް އެތުރުން.

4.    ސުކޫލުން އަންގާ ގޮތެއްގެ މަތިން ބަގީޗާ ގަސްތައް ކޮށާ ގަސްތަކަށް ފެން ދީ ބެލެހެއްޓުން.

5.   ސުކޫލަށް އެކި ބޭނުންތަކަށް ގެންނަންޖެހޭ ތަކެއްޗާއި ގެންދަން ޖެހޭ ތަކެތި ގެންދިއުމާއި ގެނައުން.

6.    ހިރަފުސް ބޯ ދުވަސްތަކުގައި ސުކޫލުގެ ދަރިވަރުންނަށާއި ސުކޫލުގެ މުއައްޒަފުންނަށް އުދަނގޫނުވާގޮތަށް ސުކޫލު ގޯތި ތެރެއަށް ފެން ޖެހުން.

7.    ސުކޫލުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި، މުވައްޒަފަކު ނެތުމުގެ ސަބަބުން ބަދަލް އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ޙަވާލުކުރެވޭ މަސައްކަތްތަކާއި، އޮފީހުގެ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

މަޤާމުގެ ޝަރުޠު:

1.   ލިޔަން ކިޔަން ދަތުމާއި އެކު، މަޤާމްގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު މީހެއް ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން
  2. މަސައްކަތު ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވާ މުއްދަތާއި ތަން:

    މަޤާމަށް އިންޓަރވިއުކުރުން އޮންނާއި މި އިޢުލާނަށް މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި ނ.މިލަދޫ ހިދާޔާސުކޫލުގައެވެ.

 

 

އުޖޫރައާއި ޢިނާޔަތްތައް:

-  އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ، ހަމަޖެހިފައިވާ ޤަވާޢިދުން އިތުރުގަޑީގެ ފައިސާ.

-  ސިވިލް ސަރވިސް މުއައްޒަފުންނަށް ދިނުމަށް ސިވިލް ސާރވިސްއިން ކަނޑައަޅުއްވާފައިވާ އެލަވަންސްއާއި އިނާޔާތްތައް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، ފޯމާއި އެކު ހުށައަޅަންޖެހޭ ލިޔުންތަކާއި އެކު 22 މާރޗް 2017 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން ހިދާޔާސުކޫލު އޮފީހަށް ހުށައެޅުއްވުން އެދެމެވެ.

ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ސަރުކާރު ބަންދު ނޫން ދުވަސް ދުވަހު ރަސްމީ ގަޑީގައި ހިދާޔާ ސުކޫލު އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6560572 ފޯނާއެވެ.

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރެވޭނީ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއިއެވެ.

ހުށައަޅަން ޖެހޭ ލިޔުންތައް.

1.   ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށައަޅާ ފޯމް )

2.   ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. ( އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ )

3.   ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުއައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމް، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުއައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

4.   ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ( އެކްރެޑިޓްކޮށްފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު )

5.   ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވި ފަރާތެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ( އެކްރެޑިޓްކޮށްފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު )

6.   ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. ( ސީވީ ) ( ގުޅޭނެ ނަމްބަރާއި އީ-މެއިލް އެޑްރެހާއި އެކު )

14 F  1438    

     13  މާރޗް   2017

 

                                                                            

 

13 މާރިޗު 2017
ހޯދާ