ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މިއިދާރާގެ ނަންބަރު IUL)253-CAA/253/2017/35)  އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.

މަޤާމް

މަސައްކަތު (1 އަހަރު ދުވަހަށް ވޭޖް އެންޕްލައިމަންޓްގެ ދަށުން އެކުލަވާލާ ޕޫލް އާއި އެއްގޮތަށް މަސައްކަތް ކުރުން)

ބޭނުންވާ ޢަދަދު

5  (ފަހެއް)

މަޤާމް އޮތް އޮފީސް

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ މިސްކިތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

މައިގަނޑު މަސައްކަތްތައް:

1-      ކައުންސިލްއިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ކައުންސިލްއިދާރާއިން ކަނޑައަޅާ މިސްކިތެއްގައި އިމާމު / މުދިމު އަންގާ ގޮތެއްގެމަތީން މަސައްކަތްކުރުން.

2-      ކައުންސިލް އިދާރާއިން އިންތިޒާމުކުރާ ގޮތެއްގެމަތީން މިސްކިތް ފޮޅާ ސާފުކުރުމާއި ފާހާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާއިވީފަޅި ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރުން.

3-      މިސްކިތުގެ ވަޅުދިޔަ ހިއްކައި ސާފުކުރުން .

4-      އިމާމު / މުދިމު އަންގާގޮތެއްގެ މަތީން ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި ތަކާއި، ފަންކާ ތަކާއި ، ކަބަޑުތައް ފޮޅައި ސާފުކުރުމާއި އަދި ހޮޅިބުރިތަކާއި ފަންކާތައް އޮފީހުން ހަމަޖައްސާ އުސޫލަކުން ދިއްލުމާއި ނިއްވުން.

5-      މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން މުދިމު / އިމާމު އަށާއި ކައުންސިލްއިދާރާ އަށް އަންގަމުން ގެންދިޔުން.

6-      ކައުންސިލް އިދާރާއިންނާއި އިމާމު / މުދިމު ހަމަޖައްސާގޮތެއްގެ މަތީން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.

7-      ހިނަވާގެ ހިމެނޭ ސަރަޙައްދު ކުނިކަހާއި، ފޮޅާއި ސާފުކުރުން.

8-      ހިނަވާގެ ކުނިކަހާއި، ސާފުކުރުމާއި ދޮރާއި ދޮރުފަތްތަކާއި ބިއްލޫރިތައް ސާފުކުރުން

9-      ކައުންސިލް އިދާރާއިން ރަށުގެތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި ބައިވެރިވުން

10-  މީގެ އިތުރުންވެސް މިސްކިތާ ގުޅިގެން ހަވާލުކުރެވޭ އެންމެހާ ކަންތައްތައްކުރުން.

 

 

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ ޢަދަދު

މުވައްޒަފަށް ލިބޭ އުޖޫރަ

މަސައްކަތު

SS1

ސަޕޯޓް ސްޓާފް ގުރޭޑް 1

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

ހަމަޖައްސާ އުސޫލާ އެއްގޮތަށް ދުވާލަކު 06 ގަޑިއިރު

މަސައްކަތް ކުރާގަޑިއަކަށް 22/78 ރުފިޔާ

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

* ލިބިފައިވާ ތަޢުލީމާއި ތަޖްރިބާ

* ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ

* ލިބިފައިވާ މަސައްކަތުގެ ހުނަރާއި ގާބިލްކަމުގެ ސިފަތައް

އިންޓަވިއު ބާއްވާނެ ތަނާއި ތާރީޚް

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2017 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި، މާރަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚް ތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

( ވަޒީފާއަށް ޝަރުތު ހަމަވާ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި ލިޔުމަކުން އެންގޭނެ)

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން " ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް " ފުރިހަމަ ކުރެއްވުމަށްފަހު 2017 މާރިޗު 21 ވާ އަންގާރަ ދުވަހުގެ 12.00 ގެކުރިން ވަޒީފާއަށް އެދޭ ފޯމާއި އެފޯމާއިގުޅޭ ލިޔުންތައް މާރަންދޫ ކައުންސިލް އިދާރާއަށް ހުށަހަޅަން ވާނެއެވެ. އަދި ވަޒީފާއަށް އެދޭފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މިފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުގައިވާ)

3- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ވާ ލިޔުންތައް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް

5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

   (ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް)

6- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަގާމުގެ ޝަރުތާއި، ރޭންކާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6500029 ފޯނާއެވެ.  ފެކްސް ނަންބަރަކީ 6500061 އެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

14 ޖުމާދަލްއާޚިރާ 1438

13 މާރިޗް2017

13 މާރިޗު 2017
ހޯދާ