އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

ރ.އުނގޫފަރު ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

 

މަޤާމް:

 މެއިންޓެނެންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-281719

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

މެއިންޓެނެންސް ޑިޕާރޓް މަންޓް

މަޤާމް އޮތް އޮފީސް:

ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.

 

 

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި  ވާޖިބުތައް:

  1. ހޮސްޕިޓަލާއި، އަތޮޅު ތެރޭގެ ޞިއްޙީމަރުކަޒްތަކުގެ މެއިން ޓެނެންސް މަސައްކަތައް ބެލެހެއްޓުން.
  2. ހޮސްޕިޓަލާއި އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ނީލަން ކިޔަންޖެހޭ ތަކެއްޗާއި، ބެހޭ ކަންތައްތައް ކުރުން.
  3. އެކިއެކި މުނާސަބަތު ތަކަށާއި، ފާހަގަ ކުރެވޭ ދުވަސްތަކަށް ހޮސްޕިޓަލް ޒީނަތްތެރި ކުރުވުން.
  4. މަސައްކަތާއި ގުޅޭ  ދާއިރާއިން ހޮސްޕިޓަލްގައި ކުރަންޖެހޭ ކަންކަމުގައި އިސްކޮށް ހުންނަ މުވައްޒަފަކަށް އެހީތެރިވެ ދިނުން.
  5. ހޮސްޕިޓަލާއި، އޮފީހުގައި ކުރަންދިމާވާ އެންމެހައި ކަންތައްތައް ކުރުމުގައި ބައިވެރިވެ އެހީތެރިވުން.
  6. ހޮސްޕިޓަލްގައި ހިފާ ގެންގުޅޭ ތަކެތި (ތަފާތު މަސައްކަތް ކުރުމަށް ބޭނުން ކުރާ ސާމާނު) ދަބަރު ޖެހިޔަނުދީ ސާފުކުރުވުމާއި، ބެލެހެއްޓުން.
  7. މަސައްކަތަށާއި، ވެރިންނަށް އިޙްލާސްތެރިވެ އަދި ޙަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް އަދާ ކުރުން.

 

 

 

 

މަޤާމުގެ ޝަރުޠުތައް:

  1. ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު،
  2. ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން ނުވަތަ
  3. ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު،

ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވަލް 4 ނުވަތ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  4. ޖިސްމާނީ ޤާބިލުކަންހުރި މިންވަރާއި، ނަފްސާނީ ޤާބިލުކަން ހުރި މިންވަރު.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.

 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.  

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ  (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ  ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ  މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު  ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ  ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ  ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ  ލިޔުންތަކުގެ ކޮޕީ

 (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި  މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި  ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ  ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލް އޮފީހުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓްwww.urh.gov.mv)) އިންމި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 މާރިޗް 2017 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން،އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އޮފީހަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.   

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  26 މާރިޗް 2017 އާއި 6 އޭޕްރިލް 2017   އާ ދެމެދު،ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ކޮންފަރެންސް ރޫމްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

30%

 

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580029 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ،6580030 އެވެ.އީ-މެއިލް ކުރާނީ [email protected] އަށެވެ.

                   

              14 ޖުމާދުލް އާޚިރު  1438

              13 މާރިޗް 2017

13 މާރިޗު 2017
ހޯދާ