ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: (IUL)303/303/2017/5
އިޢުލާން
މިކައުންސިލައް އައު 2 ޓަނުގެ ޕަވަގޭޓް ޕިކަޕެއް ގަތުމަށް ބޭނުންވެއްޖެއެވެ.
މިކައުންސިލަށް 2 ޓަނުގެ ޕަވަގޭޓް ޕިކަޕެއް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ (IUL)303/303/2017/4އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ޕިކަޕް ގެނެސް ދިނުމަށް ބޭނުންންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 05 މާރިޗް 2017 ވާ އާދިއްތަ ދުވަހުގެ 10:30ގައި މިއިދާރާގައެވެ. ޕިކަޕް ގެނެސް ދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 08 މާރިޗް 2017 ވާ ބުދަ ދުވަހުގެ 10:30 ގައި މިއިދާރާގައެވެ. އަދި މައުލޫމާތު ސާފްކުރެއްވުމަށް ބޭނުންވާ އެއްވެސް ފަރާތަކުން މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަނެވޭގޮތް ނުވާނަމަ ބަދަލުގައި މީހަކު ފޮނުވިކަން އެގޭނެ ސިޓީ އަކާއި އައިޑީކާޑްގެ ކޮޕީ އަދި ކުންފުންޏަކުން ފޮނުވާނަމަ އެއީ ކޮން ކުންފުންޏެއް ތަމްސީލް ކުރުމަށްކަން އެގޭނެ ކުންފުނީގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑްގެ ކޮޕީ ހިފައިގެން ދުރުވުމަށް ދަންނަވަމެވެ. މައުލޫމާތު ސާފްކުރެއްވުމަށް ވަޑައި ނުގަންނަވާ އެއްވެސް ފަރާތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ. އިތުރު މައުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ 6580118 ނަމްބަރ ފޯނާއެވެ.
ތިރީގައި އެވަނީ ޕިކަޕްގެނެސް ދިނުމަށް އެދޭފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.
ހުށަހަޅާ އަގަށް % 70
ޕިކަޕްގެ އާބާމިނައް % 20
ވޮރެންޓީއަށް % 10
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
01 ޖުމާދަލްއާހިރު 1438
28 ފެބުރުއަރީ 2017