މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކުދި މަސައްކަތާ ޚިދުމަތްދޭ ފަރާތްތައް ދަފްތަރުގައި ބައިވެރިވުމުގެ ފުރުސަތު

އިޢުލާން

 

މި މިނިސްޓްރީ އާއި މިނިސްޓްރީގެ ދާއިރާތަކުގައި ކުރަންޖެހޭ 35,000.00 ރުފިޔާއިން ދަށުގެ ޚިދުމަތާއި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ތެރެއިން މިމިނިސްޓްރީގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިނުވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ވަޑައިގެން މިކަމަށްއެދޭ ފޯރމް ރިޝެޕްޝަނުން ނެންގެމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ފޯރމް ދޫކުރުން

ފޯރމް ހުށަހެޅުމުގެ ސުންގަޑި

2017 ފެބުރުވަރީ 26 ވަނަ ދުވަހުން ފެށިގެން

2017 މާރިޗު 12 ވަނަ ދުވަހުގެ ނިޔަލަށް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަމްބަރ ފޯނާއެވެ.

26 ފެބުރުވަރީ 2017
ހޯދާ