ދިވެހިރާއްޖެ
އިޢުލާން
މަޤާމް: ޕްރިންސިޕަލް ގިންތި: ދާއިމީ ބޭނުންވާ އަދަދު: 1 (އެކެއް) މަޤާމުގެ ގިންތި: ދާއިމީ ވަޒީފާ އޮތް އޮފީސް: ދ.އަތޮޅު ތައުލީމީ މަރުކަޒު ވަޒީފާ އަދާކުރަން ޖެހޭ ތަން: ދ.އަތޮޅު ތައުލީމީ މަރުކަޒު މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަނާއި، ޝަރުޠާއި، އަސާސީ މުސާރައާއި، ސަރވިސް އެލަވަންސް:
ޢިނާޔަތްތައް: 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ހަމަޖެހިފައިވާ ގޮތުގެ މަތިން ޓެނުއަރޝިޕް. 4. ހަމަޖެހިފައިވާ ގޮތުގެ މަތިން ފޯން އެލަވަންސް. ވަޒީފާގެ މަސްއޫލިއްޔަތު: 1- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސިޔާސަތުތަކާ ޤައުމީ މަންހަޖާއި އެއްގޮތްވާ ގޮތުގެމަތިން އުނގަންނައިދިނުމުގެ ޙަރަކާތްތައް ރާވައި ހިންގުން 2- ދަރިވަރުންގެ ތަޢުލީމީ ފެންވަރު ރަނގަޅުކޮށް ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް ޙަރަކާތްތައް ރާވައި ހިންގުން. 3- ދަރިވަރުންގެ ކިބައިގައި ދީނީ އަދި އަޚްލާޤީ ރަނގަޅު އާދަތައް ހަރުލެއްވުމަށް ޙަރަކާތްތައް ރާވައި ހިންގުން. 4- ވަށާޖެހިފައިވާ ތަޢުލީމަށް މަގުފަހިވާނެހެން އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދިނުން 5- ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ޕްރޮފެޝަނަލް ޑިވަލޮޕްމެންޓް ޕްރޮގްރާމްތައް ރާވައި ހިންގުން. 6- ދަރިވަރުންނަށް ފައިދާވާނެހެން ސްކޫލުގެ ޙަރަކާތްތައް ރާވައި ތަންފީޒު ކުރުން 7- ސްކޫލްގެ ވިޝަން، މިޝަން، ސްކޫލުން ދެކޭގޮތް އަދި ފިލޯސަފީ އެކަށައަޅައި އެކުލަވާލުން. 8- ރަނގަޅު ފެންވަރެއްގައި އުނގެނުމަށާއި ކިޔަވައި ދިނުމަށް މަގުފަހިކޮށްދިނުމަށް ޓީޗަރުންނަށް އެހީތެރިކަން ފޯރުކޮށް ދިނުން. 9- ސަރުކާރުގެ ޤާނޫނާއި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ސްކޫލްގެ ޢިމާރާތްތަކާއި ފައިސާގެ ކަންކަން ބެލެހެއްޓުން. 10- ބެލެނިވެރިންނާއި ސްކޫލާއި ދެމެދު ރަނގަޅު ގުޅުމެއް ޤާއިމްކޮށް ދެމެހެއްޓުން. 11- ކަންކަން ނިންމުމުގައި ހުރިހާ ދަރިވަރުންނަށް ހަމަހަމަ ގޮތެއްގައި ބައިވެރިވެވޭނެ ފުރުޞަތު ހޯދައިދިނުން 12- ސްކޫލުގެ ކިޔަވައިދިނުމާއި ގުޅޭ ޕްލޭންތައް ތައްޔާރުކޮށް ތަންފީޒުކުރުން 13- ސްކޫލުގެ ސީނިއަރ މެނޭޖްމެންޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ރާވައި ބެލެހެއްޓުން 14- ދަރިވަރުންގެ އުނގެނުމާއި އުނގަންނައިދިނުމުގެ ފެންވަރުބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން 15- ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތަށް އަންނަ ބަދަލުތައް ދުވަހުން ދުވަހަށް ބެލެނިވެރިންނާއި ޙިއްސާކުރެވޭނެ އިންތިޒާމު ހަމަޖެއްސުން 16- ސްކޫލް މާޙައުލަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކާތެރި މާޙައުލަކަށް ހެދުން 17- ސްކޫލުގެ މާޙައުލު، ވަކިން ޚާއްސަކޮށް ކްލާސްރޫމަކީ އުނގެނުމަށް މަގުފަހިވާ ތަނަކަށް ހެދުން 18- ސްކޫލުގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި ރެކޯޑްކުރުމާއެކު، މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުން 19- ސްކޫލުގެ މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ދުވަހުން ދުވަހަށް ފޯރުކޮށްދިނުން 20- ސްކޫލުގެ އެކިކަންކަމާއި ބެހޭ ގޮތުން ބެލެނިވެރިންނަށް ބޭނުންވާ މަޢުލޫމާތު ޙިއްސާކުރަމުން ގެންދިއުން. 21- ސްކޫލްގެ ރެކޯޑްތައް ބެލެހެއްޓުން. 22- ލިބިފައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރަމުންގެންދާކަން ކަށަވަރުކުރުން 23- ޕްރިންސިޕަލަކީ ސްކޫލް ހިންގުމާއި ޙަވާލުކުރެވޭ އެންމެ އިސްފަރާތަށްވުމާއެކު، ސްކޫލުން ރާވާ ހިންގާ ހުރިހާ ޙަރަކާތްތަކެއްގެ ފުރިހަމަ ޒިންމާ، ޕްރިންސިޕަލް އުފުލަން ޖެހޭނެއެވެ. ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރުން. ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަސްތެރޭގައެވެ. ށ. އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. ހުށަހަޅަންޖެހޭ ލިޔުންތައް:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ތަކެތި ހުށަހަޅަންޖެހޭ އޮފީސް: މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ހ. ވެލާނާގެ 8 ވަނަ ފަންގިފިލާގައި ހުންނަ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރަށް. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑި: 02 މާރިޗު 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން. ނޯޓް: މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341413 ފޯނަށް ގުޅުއްވުން އެދެމެވެ.
|