ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ 41 ރުއް ބީލަން އުސޫލުން ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމާބެހޭ

މިރަށުގެ އެކި އެކި ސަރަޙައްދު ތަކުގައި ހުރި  ރައްޔިތުންގެ 41 ރުއް ކުއްޔަށް ހިފާނެ ފަރާތެއް ބޭނުންވެއެވެ.

                ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން 2017 ފެބްރުއަރީ 16 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައި އޮންނާނެއެވެ. މިކަމަށް އެދިލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުން އޮންނާނީ 2017 ފެބްރުއަރީ 23 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައެވެ.

      މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް އަގުހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަގުހުށަހެޅުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ބަދަލުގައި މީހަކު ޙާޞިރުވާނަމަ، ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއަކާއެކު، އެކަން ސިޓީއަކުން މިއިދާރާއަށް ހުށަހަޅުއްވަންވާނެއެވެ.  

                މިހެންވެ މިކަން ޢާއްމުކޮށް އަންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

09 ފެބުރުވަރީ 2017
ހޯދާ