ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ ސްކޫލް ގޯތިތެރޭގައި ހަދާފައިވާ 08 ފިހާރައިގެތެރެއިން 02 ފިހާރަ ކުއްޔަށް ދިނުމާއިބެހޭ

ކުރީގެ ސްކޫލްގޯތިތެރޭގައި ހަދާފައިވާ 08 ފިހާރައިގެ ތެރެއިން 2 ފިހާރައިގެ އެގްރިމަންޓް މުއްދަތު ހަމަވެފައިވާތީ (ފިހާރަނަމްބަރ 02 އަދި 04) ކޮންމެ ފިހާރައެއް ވަކިން ކުއްޔަށް ދިނުމަށް ބޭނުންވެއެވެ.

މިކަމާއިބެހޭ މަޢުލޫތުދިނުން، 2017 ފެބުރުވަރީ 16 ވާ ބުރާސްފަތި ދުވަހު 11:00 ގައި މި އިދާރާގެ ކޮންފަރެންސް ރޫމުގައި އޮންނާނެއެވެ. އަދި މިކަމަށްއެދި އަގު ހުށަހެޅުން، 2017 ފެބުރުވަރީ 23 ވާ ބުރާސްފަތި ދުވަހު 11:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައި  އޮންނާނެއެވެ.

މަޢުލޫމާތު ދިނުމުގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި، އަގުހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު އެކަން ސިޓީއަކުން ހުށަހަޅަންވާނެއެވެ. އަދި މައުލޫމާތު ސާފުކުރުމަށާއި، އަގުހުށަހަޅުމަށް ދުރުވާ ހުރިހާ ފަރާތްތަކުންވެސް އެފަރާތެއްގެ އައިޑީކާޑުގެ އަސްލު ގެންނަވަންވާނެއެވެ.

           މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 ފެބުރުވަރީ 2017
ހޯދާ