ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ސިނާޢީ ސަރަހައްދުގެ 7 ނަމްބަރ ބިން ކުއްޔަށް ދޫކުރުން

އިޢުލާން        

  • ރަތަފަންދޫ ސިނާޢީ ސރަޙައްދު 7 ނަމްބަރ ބިން ކުއްޔަށްދޫކުރުން .

    ރަތަފަންދޫ ސިނާޢީ ސަރަހައްދުގެ 7 ނަމްބަރ ބިން މިހާރު އެބިމުގައި ހުރި ޢިމާރާތްތަކާ އެކު 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީބޭނުންވެފައެވެ.

    ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝަވްޤުވެރިވެ ލައްވާ ފަރާތްތަކުން 21 ފެބުރުވަރީ 2017  ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 11:00 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަންބޭނުން ފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ނަމްބަރ : 6840016 ފޯނާއި ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެއެވެ.  

 

#

ބިމުގެ ނަމްބަރ

ބިމުގެ ބޮޑުމިން

ދޫކުރެވޭ އެންމެ ކުޑަކުލި (މަހަކު)

1

ސިނާޢި ސަރަހައްދު 7 ނަމްބަރ ބިން މިހާރު ތަނުގައި ހުރި ޢީމާރާތް ތަކާއެކު  

5000 އަކަފޫޓް

1000.00 ރުފިޔާ

 

ބިމުގައި މިހާރު ހުރި ޢިމާރާތްތަކުގެ ތަފްސީލް

1-      ޢިމާރާތް 10.33×10.83 ފޫޓުގެ އެޅިގަލުންރާނައި ތަޅުން އަޅާފައި ދޮރު ފަތެއްނެތް .   

          އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ބިންތަރައްޤީ ކުރުމަށްގަސްތު ކޮށްފައިވާގޮތް ކުއްޔަށް  ހިފުމަށް ހުށަހަޅުއްވާ ކުލި ، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރާނެ ގޮތުގެ ތަފްސީލް ހުށަހަޅުއްވަން ވާނެއެވެ.

 

  • ·         އިސްވެ ދެންނެވުނު ބިމުގައި ނުކުރެވޭ ނެކަންތައްތައް .

1 – ލުއި ކާނާގެ ބާވަތް ތަކުގެ ކާބޯ ތަކެތި އުފައްދައި ބަންދު ކުރުމުގެ މަސައްކަތް .

 

  • ·         ބިންކުއްޔަށް ހިފާފަރާތަކުން އިޖުތިމާއީކަންކަމަށް ކުރަންޖެހޭޚަރަދު

1-   މިބިން ކުއްޔަށް ހިފާފަރާތަކުން ރަށުގެއިޖުތިމާޢީ ކަންކަމަށް މަދުވެގެން މަހަކު -/500 ރ ކައުންސިލަށް ދައްކަންޖެހޭނެއެވެ.   

 

  • ·         ބިންތަރައްގީކުރުން

ރަތަފަންދޫ ސިނާއީ ސަރަޙައްދުގެ 7 ނަންބަރު ބިން ކުއްޔަށް ހިފާފަރާތަކުން ބިންކުއްޔަށް ހިފާތާ 18 މަސްދުވަހުގެ ތެރޭ ބިމުގެ ވަށާފާރު ރޭނުމަށްޓަކާ އަޅަންޖެހޭ ފައުންޑޭޝަން އަޅާ ނިންމަންޖެއެވެ. އަދި ފުރަތަމަ 5 އަހަރު ދުވަހުގެތެރޭ 2 ފޫޓު އުސްމިނަށް ރަނގަޅުފެންވަރަކަށް ފާރު ރާނާ ނިންމަންޖެހޭނެއެވެ.

 

  • ·         ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން

  ބިންކުކުއްޔަށް ހިފިފަރާތުން 18 މަސްދުވަސް ނުވަނީސް ބިންދޫކޮށްލާނަމަ ބިން ބޭނުންކުރި މުއްދަތަށް ފައުންޑޭޝަންގެ އަގަށްވާފައިސާ، ކައުންސިލަށް ދައްކަންޖެހޭނެއެވެ. ބިންކުއްޔަށް ހިފި މުއްދަތު ހަމަވުމުގެ ކުރިން ބިން ދޫކޮށްލާނަމަ ބިމުގެކުއްޔާއި،އިޖުތިމާޢީ ކަންކަމަށް    ޚަރަދު ކުރުމަށް އެއްބަސްވެފައިވާ ފައިސާގެތެރެއިން 6 މަސް ދުވަހުގެ ފައިސާ ކައުންސިލަށް ދައްކަންޖެހޭނެ އެވެ. 

 

ޕްރޮޕޯސަލާއެކު އެކު ހުށަހަޅަން ޖެހޭ ލިޔުންތައް

  • ·         ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ އަމިއްލަފަރާތެއް ނަމަ އައިޑީކާޑުގެ ކޮޕީ
  • ·         ކޮމްޕެނީ ޕްރޮފައިލް

މިއިދާރާއިން  ބަލާނެ ކަންތައްތައް

1-      ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ ؟

 

މާކްސް ދެވޭގޮތުގެ ތަފްސީލު:

މާރކްސްދެވޭނެ ކްރައިޓީރިއާ

މާރކްސެދެވޭގޮތް

ތަފްޞީލް

ހުށަހަޅަ މަހުކުއްޔަށް

%50

v     ހުށަހަޅާ މަހުކުއްޔަށް ދެވޭ  މާރކްސް  

v      މިމާރކްސްދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ  ބެންޗްމާރކް އެއްކަމުގައި ބަލައިގެން ކަޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v      މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު  އަގަށެވެ.

 

ބިންތަރައްޤީކުރުމަށް ގޯތީގެ ވަށާއިންފާރުރޭނުން   

v      ބިމުގެ ވަށާ އިންފާރު 2 ފޫޓު އުސްމިނަށް ރޭނުން    

v      މިމާކްސް ދެވޭނީ މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން އިންފާރު ރޭނުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ  ބެންޗް މާކެއްކަމުގައި ބަލައިގެން ހުށަހެޅޭ  ހުރިހާ މުއްދަތެއްގެ މެދުގައި ކަޑައެޅިފައިވާ  % އެއް ބަހާލައިގެންނެވެ.

v      މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް

%40

v      އިޖުތިމާޢީ ކަންކަމަށް ދެވޭޢީނާޔަތު    

v      މިމާކްސް ދެވޭނީ  މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭ ޝަން އިން ފާސްވާ ފަރާތްތަކުން އިޖުތިމާޢީ ކަންކަމަށް ހުށަހަޅާފައިވާ އެންމެ ބޮޑު ޢަދަދަކީ ބެންޗް މާރކު ކަމަށްބަލައިގެން  ކަޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައިބަހާ ލައިގެންނެވެ.

v      މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެބޮޑު ޢަދަދެއް  ހުށަހަޅާފައިވާ ފަރާތަށެވެ . 

                                   11 ޖުމާދަލްއޫލާ 1438

                                   8  ފެބުރުވަރީ  2017

08 ފެބުރުވަރީ 2017
ހޯދާ