މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ރާއްޖޭން ބޭރުން ގެންނަ ތަކެތި ކްލިއަރ ކުރުމަށް

                                                               ނަންބަރ: MMS-A/2017/07

އިޢުލާން      

އަންދާސީ ހިސާބު ބޭނުންވެއްޖެ.

މި ސަރވިސްއަށް ރާއްޖޭން ބޭރުން ގެންނަ ތަކެތި، ކަސްޓަމްސް އިން ކްލިއަރ ކުރުމަށް ބޭނުންވެގެން ކުރެވުނު ފުރަތަމަ ނަންބަރ MMS-A/2017/02 އިޢުލާންއާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަލަން ހާޟިރުވެފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

                   ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ފެބްރުއަރީ 20  ވާ ހޯމަ ދުވަހުގެ13:00  އަށް ހުޅުލޭގައި ހުންނަ މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

     މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ރާއްޖޭން ބޭރުން ގެންނަ ތަކެތި ކްލިއަރ ކުރުމަށް ބެނުންވާ މަޢުލޫމާތު:

 

ކޯޓޭޝަން ތައްޔާރުކުރުމަށް ބޭނުންވާ މާއުލޫމަތާއި ކޯޓޭޝަން އާއިއެކު ހުށައަޅަންޖެހޭ މާއުލޫމާތު:

 

ޕޯސްޓް މެދުވެރިކޮށް ލިބޭ ތަކެއްޗާއި އެއަރ ފްރައިޓްކޮށް، އަދި ސީ ފްރައިޓްކޮށް، އަންނަ މުދާ، ތަކެތި ކްލިއަރ ކުރުމަށް ފަހު އެތަކެތި ރައްދުކުރުން:

  • މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (ހުޅުލޭގައި ހުންނަ)

 

 

 

މުއްދަތު:

  • 1 (އެކެއް) އަހަރު.

 

އަގު:   

  • ތަކެތި ހަވާލުކުރުމުގެ އަގު ކޯޓޭޝަން ގައި ވަކި ވަކިން އެގެންއޮންނަން ވާނެއެވެ. އަދި ޖުމުލަ އަގު ގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަންވާނެއެވެ.

 

ކޯޓޭޝަންގެ މުއްދަތު:

  • ކޯޓޭޝަންގައިވާ ތާރީޚުން ފެށިގެން މަދުވެގެން 60 ދުވަހުގެ މުއްދަތު ދޭންވާނެއެވެ.

 

ތަކެތި ކްލިއަރ ކުރުމުގައި އަމަލުކުރަންވީ ކަންތައްތައް:

  1. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް 1 އަހަރު ތެރޭގައި، ޕޯސްޓް މެދުވެރިކޮށް ލިބޭ ތަކެއްޗާއި އެއަރ ފްރައިޓްކޮށް، އަދި ސީ ފްރައިޓްކޮށް އަންނަ މުދާ، ތަކެތި ކަސްޓަމްސް އިން ކްލިއަރކުރުން.
  2. ނަންބަރ 1 ގައި ބަޔާންކޮށްފައިވާ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި މީހުން ހޯދުމަކީ މަސައްކަތް ހަވާލުވި ފަރާތުގެ މަސްއޫލިޔަތެކެވެ.
  3. ނަންބަރ 1 ގައި ބަޔާންކޮށްފައިވާ މަސައްކަތައް އަގު ކަޑައެޅުމުގައި ބެލެވޭނީ މަސައްކަތް ހަވާލުވާފަރާތުން ހުށައަޅާފައިވާ އެސްޓިމޭޓްގައިވާ އަގުތަކަށެވެ.
  4. މަސައްކަތްކޮށްދިނުމުގެ ޚަރަދު ތަކުގެ ތެރޭގައި ނުހިމެނޭ ޚަރަދުތައް ކުރުމުގެ ކުރިން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އާއި މަޝްވަރާ ކުރުމަށްފަހު މިފަދަ ޚަރަދުތަށް މަސައްކަތް ހަވާލުވާ ފަރާތުން ކުރެއްވުމަށްފަހު މިކަންކަމުގެ ތަފްސީލް އެގޭގޮތަށް އިންވޮއިސްގައި ހިމަނަންވާނެއެވެ.
  5. އެއަރ ފްރައިޓްކޮށް އަދި ސީ ފްރައިޓްކޮށް އައިސްފައިވާ މުދާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ލަސްނުކޮށް ކަސްޓަމްސް ސަރަހައްދުން ނެރެންވާނެއެވެ.
  6. މުދާ ކަސްޓަމްސްއިން ކްލިއަރ ކުރުމަށް ބޭނުންވާ ލިޔެކިއުން މަސައްކަތް ހަވާލުވިފަރާތާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ހަވާލުކުރުމުން ދެވިފައިވާ މުއްދަތުގެ ތެރޭގައި މުދާ ކްލިއަރ ނުކުރެވި މުދާ ކަސްޓަމްސް ސަރަހައްދުގައި ބެހެއްޓި އިތުރުވާ ދުވަސްތަކަށް ދައްކަންޖެހޭ ޖޫރިމަނާ ދައްކާނީ މަސައްކަތް ހަވާލުވާ ފަރާތުންނެވެ.
  7. މަސައްކަތް ކުރުމުގައި އިހުމާލުވެގެން މުދަލަށް ގެއްލުމެއްވެ ހަލާކުވާގޮތް ދިމާވެއްޖެނަމަ އިތުރު އަގަކާނުލާއި އެކަމެއް ރަގަޅުކުރުމަކީ މަސައްކަތް ހަވާލުވާފަރާތުގެ ޒިންމާއެކެވެ.
  8. ތަކެތި ހަވާލު ކުރުމަށް، މިސަރވިސް އާއި ހަވާލުކުރުމުގައި، މަސައްކަތް ކުރަން ބޭނުންވާ ކަންކަމާއި، ތަކެއްޗާއި މަސައްކަތް ކުރުމަށް ބޭނުންވާ އާލާތްތައް ހޯއްދަވާނީ މަސައްކަތާއި ހަވާލުވާފަރާތުންނެވެ.
  9. މާލޭ ކަސްޓަމްސް ސަރަހައްދުން މުދާ ނެރެ ހުޅުލެއަށް އެރުވުމުގެ ހުއްދަ އެއަރޕޯޓްސް ކޮމްޕެނީ އާއި ގުޅައިގެން ހޯދުމަކީ މަސައްކަތާ ޙަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

 

އެސްޓީމޭޓް ހުށައަޅުއްވާއިރު ހުށައަޅުއްވަން ޖެހޭ ލިޔުންތައް:

  • ކުންފުނި ނުވަތަ ލޯކަލް އިންވެސްޓްމަންޓް ގެ ޕްރޮފައިލް.
  • ކުންފުނި ނުވަތަ ލޯކަލް އިންވެސްޓްމަންޓް ގެ ރަޖިސްޓްރީގެ ކޮޕީއެއް.
  • މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ރަޖިސްޓްރީގެ ކޮޕީއެއް. (ރަޖިސްޓްރީ ކޮށްފައި ނުވާނަމަ އެކަން އެނގެން އޮންނަންވާނެއެވެ.)
  • މިބާވަތުގެ މަސައްކަތް ކުރުމުގައި ހޭދަކޮށްފައިވާ މުއްދަތު އެނގޭނެ ލިޔުމެއް.

 

ކޯޓޭޝަން ހުށައަޅަންޖެހޭ ތަން:

  • ހުޅުލޭގައި (ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް) ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް.

 

އަންދާސީ ހިސާބު ހުށައަޅަންޖެހޭ ތާރީޚް އާއި ގަޑި:

  • 2017 ފެބްރުއަރީ 20  ވާ ހޯމަ ދުވަހުގެ    13:00

އަންދާސީ ހިސާބު ތަކަށް ޕޮއިންޓްދެވޭނީ ތިރީގައި މިވާ އުސޫލާ އެއްގޮތަށެވެ.

 

 

(ހ) ހުށަހަޅާފައިވާ އަގު:

  • 70 ފޮއިންޓް ( އެންމެ ކުޑަ އަގު ހުށައަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭނެއެވެ.)

 

(ށ)ޤާބިލް ކަން

  • މަސައްކަތުގެ ދާއިރާއިން ފަންނީ މީހުންތިބި ނަމަ:  06 ފޮއިންޓް.
  • ހިންގުމުގެ ދާއިރާގައި މަސައްކަތާއި ގުޅޭ ފަންނީ މީހުން ތިބިނަމަ: 04 ފޮއިންޓް.

 

(ނ) ތަޖުރިބާ:

  • 0 -–5 އަހަރަށް  05 ފޮއިންޓް.
  • 5 -–10 އަހަރަށް 10 ފޮއިންޓް.
  • 10 -–15 އަހަރަށް  15 ފޮއިންޓް.
  • 15 އަހަރަށް ވުރެ ގިނަނަމަ 20 ފޮއިންޓް.

 

އިތުރު މާއުލޫމާތު:

  • ތަކެތި ކްލިއަރ ކުރުމަށް އެގްރީމެންޓް ކުރެވޭނީ 1 އަހަރުދުވަހުގެ މުއްދަތަށެވެ.
  • ތަކެތި ކްލިއަރ ކުރުމަށް ފަހު ގެންދާތަކެތި އެ އޮފީހަކުން ދައްކާތަނެއްގައި ބަހައްޓާދިނުން.
  • ތަކެތި އޮފީހަކަށް ހަވާލުކުރަން ޖެހިއްޖެނަމަ އެއޮފީހަކަށް މުދާ، ތަކެތި ގެންދާ ތާރީޚް އާއި ގަޑި އެންގުން.
  • ތަކެތި އޮފީހަކަށް ގެންދާއިރު އޮފީހުގެ މަސައްކަތަށް ދަތިނުވާނެގޮތަށް ކުރުން، އަދި ގެންދާ މުދަލެއްގެ ސަބަބުން ތަން ހަޑިވިނަމަ ތަން ސާފުކުރުން.
  • އެސްޓިމޭޓް ހުށައެޅުމަށް ހަމަޖެހިފައިވާ ގަޑިއަށް ހުށަނާޅާ އެސްޓިމޭޓް ބަލައެއް ނުގަނެވޭނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހުށަހެޅޭ އަންދާސީ ހިސާބު ބާތިލް (ޑިސްކޮލިފައި) ކުރެވިދާނެގޮތްތައް:  

 

  • އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނޭޅުން.
  • އަންދާސީ ހިސާބު ގައި ހިމަނަންޖެހޭ މައުލޫމާތު ފުރިހަމަނުވުން.
  • މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.

 

       

 

11 ޖުމާދަލްއޫލާ 1438

 

08 ފެބުރުވަރީ 2017
ހޯދާ