އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓްމެނޭޖްމަންޓް ޕްރޮގްރާމަށް ޕިކަޕެއް ގަތުމާބެހޭ

އދ.ދިގުރަށު ކައުންސިލްގެ އިދާރާ

ދިގުރަށް/ދިވެހިރާއްޖެ.

                                                                           ނަންބަރު: 353/2017/03

             ވޭސްޓްމެނޭޖްމަންޓް ޕްރޮގްރާމަށް ޕިކަޕެއް ގަތުމާބެހޭ

             އދ. ދިގުރަށު ކައުންސިލްގެ ފަރާތުން ހިންގާ ވޭސްޓްމެނޭޖްމަނަންޓް ޕްރޮގްރާމަށް ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ.

             ވީމާ، ތިރީގައިވާ މަޢުލޫމާތާއެއްގޮތްވާގޮތުގެމަތިން މިކައުންސިލަށް ޕިކަޕެއް ވިއްކަން ބޭނުންވާ ފަރާތްތަކުން 9 ފެބުރުއަރީ 2017

ވާ ބުރާސްފަތި ދުވަހުގެ 9:00 އިން 13:00 އާ ދެމެދު ކައުންސިލް އިދާރާގެ އީ މެއިލް އެޑްރެސް ([email protected]) އަށް

ބިޑް ފޯމް މެއިލްކޮށްދެއްވުންއެދެމެވެ. ނުވަތަ އެދުވަހުގެ 13:00 އަށް ފުރިހަމަކޮށްފައިވާ ބިޑްފޯމް ހިފައިގެން ކައުންސިލްގެ އިދާރާއަށް ޙާޒިރުވުން

އެދެމެވެ.

ޕިކަޕާބެހޭ މަޢުލޫމާތު 

1. 2 ޓަނުގެ ޢާންމުކޮށް ރާއްޖޭގައި ބޭނުންކުރާ ބްރޭންޑެއްގެ (ރާއްޖޭން ސްޕެއަރޕާރޓްސް ލިބެންހުންނަ) ކޮންޑިޝަން ރަނގަޅު، މެނުއަލް ގިއަރ

   ސެކަންޑްހޭންޑް ޕިކަޕެއް.

2. ރާއްޖޭގައި ބޭނުންކޮށްފައިވާ ޕިކަޕަކަށް ވެގެންނުވާނެއެވެ.

3. ޕަވަރގޭޓް ނުވަތަ އާދައިގެ ޕިކަޕްގެ މަޢުލޫމާތު ހުށަހެޅިދާނެއެވެ.

ހުށަހަޅަންޖެހޭ މަޢުލޫމާތު

1. ވިއްކާ އަގާއި ޕޭމަންޓް ދައްކަންޖެހޭ ގޮތުގެ ތަފްޞީލް އަދި ޕިކަޕް ފޯރުކޮށްދެވޭނެ މުއްދަތު ހިމަނާފައިވާ ބިޑްފޯމް

2. ޕިކަޕްގެ ޑީޓެއިލްސް (ކޮންޑިޝަން،އުފެއްދި އަހަރާއި ޤައުމު، އަދި ބޭނުންކޮށްފައިވާ މުއްދަތު، ދުއްވާފައިވާ މެއިލްސް، އަދިވެސް ވީހާގިނަ އިތުރު

  މަޢުލޫމާތު)

3. ޕިކަޕްގެ ފޮޓޯ

4. ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ އާއި މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

            އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9786054 ނަންބަރު މޯބައިލް ފޯނަށް ނުވަތަ ޑްރައިވަރ މުޙައްމަދު ޞާލިޙްގެ

  މޯބައިލް ނަންބަރު 7904414 ފޯނަށެވެ.

            5 ޖުމާދަލްއޫލާ 1438

            2 ފެބުރުއަރީ  2017

                                                                    އަޙްމަދު ޤާސިމް

                                                                   ކައުންސިލްގެ ރައީސް

05 ފެބުރުވަރީ 2017
ހޯދާ