މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޒިކުރާގައި ޤުރުއާން ކްލާސް ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

                                                         

                                               ނަންބަރ: IUL)306/306/2017/10)

      

ޢިއުލަން

 

 

ރ.ރަސްމާދޫ ޒިކްރާ މިސްކިތުގައި ޤުރުއާން ކްލާސް ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

 

            ރ. ރަސްމާދޫ ޒިކްރާ މިސްކިތުގައި ޤުރުއާން ކްލާސް ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

           ވީމާ، މިކަން ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވަޑައިގަތުމަށްފަހު އަންދާސީ ހިސާބު ހިއްޕަވައިގެން މިކައުންސިލްގެ އިދާރާއަށް ދުރުވެދެއްވުން އެދެމެވެ. އަދި މިކަމަށް ތައްޔާރު ކުރެވިފައިވާ ޑޮކިޔުމަންޓްސްތައް ކައުންސިލުން ގަންނަންލިބެން ހުންނާނެވާހަކަވެސް ދަންނަވެމެވެ.

 

މަޢުލޫމާތު ދިނުން

ބިޑް ހުށަހެޅުން

09 ފެބްރުއަރީ 2017 ވާ (ބުރާސްފަތި) ދުވަހުގެ ހެނދުނު 11:00 ގައި

13 ފެބްރުއަރީ 2017 ވާ (ހޯމަ) ދުވަހުގެ ހެނދުނު 11:00 ގައި

 

މަޢޫލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަން ވާނެއެވެ. އަމިއްލަ ފަރާތަކުން އެ ބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ބޭފުޅަކު ޙާޟިރުވެލައްވާނަމަ، ޙާޟިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަދި އެބޭފުޅަކު ތަމްސީލުކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވަނީ ކޮން ބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެ ނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާއި ގުޅޭ ގޮތުން އިތުރުމަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީ ގަޑީގައި މިކައުންސިލްގެ ނަމްބަރ: 6580049 ފޯނަށް ގުޅުއްވުން އެދެމެވެ.

  ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.              

 02 ފެބްރުއަރީ 2017

 

                            

02 ފެބުރުވަރީ 2017
ހޯދާ