ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު

އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް އާންމުން ހޭލުންތެރިކުރުވުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޓްރެއިނިންގ އިންސްޓިޓިއުޓާއި މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލޓޑ (އެމް.ސީ.އައި.އެފް) ގުޅިގެން ބާއްވާ މިއަހަރުގެ ފުރަތަމަ ވާރކްޝޮޕް، 09 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހު ހިންގުމަށް ވަނީ ހަމަޖެހިފައިވެއެވެ.

 

ވާރކްޝޮޕާ ގުޅޭ މަޢުލޫމާތު

 

ވާރކްޝޮޕްގެ ނަން: ވާރކްޝޮޕް އޮން އިސްލާމިކް ފައިނޭންސް

ދާއިރާ: އިސްލާމިކް ފައިނޭންސްގެ އަސާސްތައް، ކޮންޓްރެކްޓްތައް އަދި އިސްލާމިކް ބޭންކިންގ

ކިޔަވައިދޭ ބަސް: ދިވެހި

ވާރކްޝޮޕް އަމާޒުކުރެވިފައިވަނީ: މި ދާއިރާއަށް ޝައުޤުވެރިކަށް ހުރި އެންމެހައި ފަރާތްތަކަށް

ތާރީޚާއި ވަގުތު: 09 ފެބްރުއަރީ 2017ގެ ހެނދުނު 09:00 ން މެންދުރު 13:00 އަށް

ޖާގަ: 40 (ނަން ހުށަހަޅާ ތަރުތީބަށް އިސްކަންދެވޭނެއެވެ)

ފީ: ބައިވެރިވުން ހިލޭ

 

ވީމާ، މި ވާރކްޝޮޕްގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތަކުން، ނަމާއި ފޯނު ނަންބަރު، އީމެއިލް އެޑްރެސް އަދި އައިޑީކާޑުގެ ކޮޕީ 07 ފެބްރުއަރީ 2017 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1300 ގެ ކުރިން ސީ.އެމް.ޑީ.އޭ އިންސްޓިޓިއުޓްގެ އީމެެއިލް [email protected]  އަށް ފޮނުއްވުން އެދެމެވެ.

 

މި ވާރކްޝޮޕާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ، 3014103 ނުވަތަ 3336619 ފޯނާއެވެ.

 

30 ޖަނަވަރީ 2017

31 ޖަނަވަރީ 2017
ހޯދާ