މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަނގޮޅިތީމުން ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރުން- 2 ވަނަ ގޮވާލުން

ރ. އަނގޮޅިތީމުން ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރުން- 2 ވަނަ ގޮވާލުން

 

                   އިޢްލާން ނަންބަރު IUL)301/301/2017/7) އާއި ގުޅިގެން ބޭއްވުނު މަޢްލޫމާތު ސެޝަންގައި މަޢްލޫމާތު ދިނުމުގައި މައްސަލަތަކެއް އުޅޭތީވެ އެ އިޢްލާން ބާތިލްކޮށް އަލުން އިޢްލާން ކުރީމެވެ.

                     ރ. އަނގޮޅިތީމުގައި ދަނޑުވެރިކަން އާލާކޮށް ދިރުވުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެކުލަވާލެވި 23 ޖެނުއަރީ 2017 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވިފައިވާ ގަވާއިދު "ރ. އަނގޮޅިތީމުން ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ ގަވާއިދު" (ގަވާއިދު ނަންބަރު : 2017/R-10) ދަށުން ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް 10،000 (ދިހަހާސް) އަކަފޫޓުގެ 09 ބިން ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

                    މި ބިންތައް ކުއްޔަށް ދޫކުރުމާއި ބެހޭގޮތުން މަޢްލޫމާތު ދިނުން އޮންނާނީ 05 ފެބްރުއަރީ 2017 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި ކައުންސިލް އިދާރާގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މި ކައުންސިލް އިދާރާގައެވެ. މި ބިންތަކަށް ކުރިމަތިލެވޭނީ މި ރަށުގެ ރަށްވެހިންގެ ތެރޭގައި ހިމެނޭ މީހުންނާއި މި ރަށު މީހުންގެ ހިއްސާ (މަދުވެގެން ފަންސާސް އިންސައްތަ) އޮންނަ ކުންފުނި، މިރަށު މީހުންގެ ލޯކަލް އިންވެސްޓްމެންޓް އަދި މި ރަށުގެ ކްލަބު ޖަމިއްޔާ ޖަމާޢަތްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށެވެ.    

  • މި ބިންތައް ދޫކުރެވޭނީ މީލާދީ 05 އަހަރު ދުވަހުގެ މުއްދަތަށް.
  • މި ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 05 ލާރި. އަދި ބިން ލިބޭނީ އެންމެ މަތިން އަގު ހުށަހަޅާފައިވާ ފަރާތަކަށް.
  • މި ބިންތަކުގައި މަސައްކަތް ފެށުމަށް ހިތްވަރު ދިނުމުގެ ގޮތުން ފުރަތަމަ 03 މަހުގައި ކުލި ދައްކަން ނުޖެހޭނެ.
  • އެއްފަރާތަށްވުރެ ގިނަ ފަރާތްތަކަކުން އަކަފޫޓަކަށް އެންމެ މަތިން ހުށަހަޅާފައިވާ އަގު އެއްވަރުވާނަމަ، އަގު އެއްވަރުވާ ފަރާތްތަކުގެ ތެރެއިން ބީލަން ކާމިޔާބު ކުރާ ފަރާތް ކަނޑައަޅާނީ އަގު އެއްވަރުވާ ފަރާތްތަކުގެ މެދުގައި ބީލަން އަލުން ހުށަހެޅުމަށް ފުރުޞަތުދީ އެންމެ މަތިން އަގު ހުށަހަޅާ ފަރާތަށް.

މި މަސައްކަތުގެ މަޢްލޫމާތު ސާފު ކުރުމަށް އަދި ބިޑް ހުށަހެޅުމަށް އަންނަ ފަރާތްތަކުގެ އައިޑީ ކާޑުގެ އަސްލު ގެންނަންވާނެއެވެ. މަޢްލޫމާތު ސާފުކުރުމަށް ނުވަތަ ބިޑް ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ހާޒިރުވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ގެންނަން ވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި މަޢްލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.

 

                   03 ޖުމާދުލްއޫލާ   1438 

                   31 ޖަނަވަރީ    2017 

31 ޖަނަވަރީ 2017
ހޯދާ