ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޯކިއުމަންޓް އޮފިސަރ

މަޤާމް :އެސިސްޓެންޓް ޕްރޮކިއޯމަންޓް އޮފިސަރ
ބޭނުންވާ އަދަދު :1
 

                                             ނަންބަރު: (IUL)MISL004-HR/1/2017/ 02 

 

މިސެންޓަރުގެ ނަންބަރު (IUL)MISL004-HR/1/2017/01 އިޢުލާނުގައިވާ މަގާމުގެ މުސާރަ އާއި އެލަވަންސް އިޞްލާހު ކުރުމަށްފަހު  އަލުން އެ މަގާމަށް ފުރުޞަތު ހުޅުވާލަމެވެ. އަދި މިމަގާމަށް ކުރިން އެޕްލިކޭޝަން ހުށައަޅުއްވާފައިވާ ފަރާތްތަކުގެ  ފޯމު ބާޠިލް ނުވާނޭ ވާހަކަ ދަންނަވަމެވެ.

                           ވަޒީފާގެ ފުރުޞަތު

މަގާމު

 އެސިސްޓެންޓް ޕްރޯކިއުމަންޓް އޮފިސަރ

ކްލެސިފިކޭޝަން

 އޮފިސަރ ގްރޭޑް 1

ރޭންކް

 ޖީ އެސް -3

ސަރވިސް

 ޖެނެރަލް ސަރވިސް

ސެކްޝަން/ޑިވިޝަން

 ޕްރޮކިއޯމަންޓް ޔުނިޓް

މުސާރަ

 މަހަކު -/4465ރުފިޔާ

ސަރވިސް އެލަވަންސް

 މަހަކު -/1500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

 މަހަކު 1562/75   ރުފިޔާ (އަސާސީ މުސާރައިގެ %35)

އިތުރުގަޑީ އެލަވަންސް

 ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ ޢަދަދު

 1  (އެކެއް)

ތަޢްލީމާއި ތަޖުރިބާ

  1. މަގާމުގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދަށްވެގެން  ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ  ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ކުއްލި ހާލަތްތަކުގައި މިސެންޓަރުން ބޭނުންވާ ކޮންމެ ވަގުތެއްގައި މަސައްކަތަށް ނުކުތުމާއި، ކުއްލި ހާލަތެއް ދިމާވެއްޖެނަމަ، އެކަމުން ސަލާމަތްވެ އާއްމު ހާލަތަށް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  2. މިސެންޓަރުގެ އިމަރޖެންސީ އޮޕަރޭޝަން މަސައްކަތްތައް ކުރުމުގައި ޕްރޮކިއުމަންޓުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އީ.އޯ.ސީގެ ޑިއުޓީ އޮންކޯލް ޓޭބަލްއާއި އެއްގޮތަށް ޑިއުޓީ ޙަވާލުވާ ހަފްތާގައި އެމަސައްކަތް ކުރުން.
  3. ޕްރޮކިއުމަންޓުން ތައްޔާރުކުރަންޖެހޭ ސިޓީ، ނޯޓް، އިޢުލާން ތައްޔާރު ކުރުމާއި، ޕްރޮކިއުމަންޓުން ކުރާ މަސައްކަތްތަކުގައި އެގްރީމެންޓް ތައްޔާރު ކުރަންޖެހޭ ކަންތައްތަކުގައި އެގްރީމެންޓް ތައްޔާރުކުރުން.
  4. މިސެންޓަރުގެ ސްޓޮކަށް ބޭނުންވާ ތަކެތި، ޕްރޮޖެކްޓްގެ މަސައްކަތަށް ބޭނުންވާ ތަކެތި އަދި ސެމިނަރ ވޯރކްޝޮޕަށް ހޯދަންޖެހޭ ތަކެތި ޤަވާޢިދާއި އެއްގޮތަށް ހޯދުމުގެ މަސައްކަތް ކުރުން
  5. މިސެންޓަރަށް ހުށަހެޅޭބިލް، އަދި އިންވޮއިސްތައް ޗެކުކޮށް ޕްރޮކިއުމަންޓުން ކުރަންޖެހޭ މަސައްކަތްތައް ކުރުން އަދި ފައިސާ ދައްކަންޖެހޭ ބިލްތަކާއި އިންވޮއިސްތައްބަލާ ޤަވާޢިދާއި އެއްގޮތަށް ފޯމްހަދައި ފައިނޭންސް ސެކްޝަނާއި ޙަވާލުކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

 07 ފެބްރުވަރީ 2017 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ  މެނޭޖްމަންޓް ސެންޓަރ (ރިހިޖެހިކޮށި) އަށެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މިސެންޓަރުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ  ތަޢުލީމު ދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓިން ދޫކުރައްވާފައިވާ    ލިޔުމުގެ ކޮޕީ އައި ޓްރާންސްކްރިޕްޓްގެ ކޮޕީ)

 (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  4. ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީމަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް،މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ:(ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

  5. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ.

  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިނެމޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަމްރީނާއި މަސައްކަތު ތަޖްރިބާ

- މަސައްކަތު އަޚްލާޤް

- މަސައްކަތްކުރުމުގެ ހުނަރާއި ފެންވަރާއި ގާބިލުކަމާއި ސިފަތައް.

އިންޓަވިއު ކުރުން

މިވަޒީފާއަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 12 ފެބްރުވަރީ 2017 އިން ފެށިގެން މިސެންޓަރުގައެވެ. އަދި އިންޓަވިއު އޮންނަ ތާރީޚުގެ 2 ދުވަސް ކުރިން އެމީހަކަށް އަންގާނެއެވެ.

ނޯޓް: މިވަޒީފާއަށް އެދިލައްވާފައިވާ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢްލީމީ ފެންވަރަށާއި ތަޖްރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އަދި އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރެވޭ 10 ފަރާތާއެވެ.

މަސައްކަތްކުރަންޖެހޭތަން

މި މަގާމުގައި ވަޒީފާ އަދާކުރާމުވައްޒަފުން ޢާއްމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ.

އިތުރު މަޢްލޫމާތު

އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3333425/3333456

            02 ޖުމާދަލްއޫލާ 1438

            30  ޖަނަވަރީ  2017

  

30 ޖަނަވަރީ 2017
ހޯދާ