ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު

ކޮންސަލްޓަންޓެއް ހޯދުން

ޤައުމީ އަރުޝީފުން ބަލަހައްޓަންޖެހޭ އަތޮޅު ތެރޭގެ ރަށްރަށުގެ އާއި މާލޭގައި ހުރި ދަޢުލަތުގެ މުއައްސަސާތަކުގައި ހުރި ލިޔެކިޔުންތައް އާރކައިވްކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކޮށް، އަތޮޅުތެރެއާއި މާލޭގެ އާކައިވް ސިސްޓަމް އިންޓަރގްރޭޓްކުރެވޭނެ ގޮތްތައް ހޯދުމަށްޓަކައި ކަމާގުޅޭ ދާއިރާއިން ތަޢުލީމު ޙާސިލްކުރައްވާފައިވާ ތަޖުރިބާކާރު ފަރާތެއް ހޯދުމަށް ބޭނުންވާތީ، ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މުއްދަތު 

މި ޕްރޮޖެކްޓްގެ މުއްދަތަކީ 02 ( ދޭއް ) އަހަރު ދުވަހެވެ.

މުސާރަ

ދެފަރާތް އެއްބަސްވާ ގޮތުގެ މަތިން ދެވޭނެއެވެ.

 

މި ވަޒީފާގެ މައްސޫލިއްޔަތުތައް ތިރީގައި މި ދަންނަވަނީއެވެ.

  1. ޤައުމީ އަރުޝީފުން ބަލަހައްޓަންޖެހޭ އަތޮޅު ތެރޭގެ ރަށްރަށުގަޔާއި މާލޭގައި ހުރި ދަޢުލަތުގެ މުއައްސަސާތަކުގައި ހުރި ލިޔެކިޔުންތައް އާރކައިވްކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކޮށް، އަތޮޅުތެރެއާއި މާލޭގެ އާކައިވް ސިސްޓަމް އިންޓަރގްރޭޓްކުރެވޭނެ ގޮތްތައް ހޯދައި، ލިޔެކިޔުންތައް ބަލަހައްޓަންޖެހޭ ގޮތުގެ އިރުޝާދުދީ ކަންކުރާގޮތް ބަލާ ޤައުމީ އަރުޝީފުން ރިޕޯޓްކުރަންޖެހޭ ފަރާތަކަށް ރިޕޯޓްކުރުން.
  2. ޤައުމީ އަރުޝީފުން އަންގަވާ ގޮތެއްގެމަތިން އެ އިރަކު މަސައްކަތް ކުރުމަށް ހަމަޖައްސަވާ އިދާރާއެއްގައި ރާއްޖެތެރޭގައި ނުވަތަ އެއިރަކު ހަމަޖެއްސެވި ތަނެއްގައި މަސައްކަތް ކުރުން.
  3. ޤައުމީ އަރުޝީފުން ބަލަހައްޓަންޖެހޭ ލިޔުންތައް އެ އިދާރާގައި ހުރި ޙާލަތު ދެނެގަނެ އެކަމާގުޅޭ ރިޕޯޓެއްތައްޔާރުކޮށް ސުޕަވައިޒަރަށް ފޮނުވުން.
  4. އާކައިވްގެ ޙިދުމަތްތައް އެސަރަހައްދެއްގައި ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ ސްޕަވައިޒަރަށް އެކަމުގެ މަޢުލޫމާތު ދިނުން.
  5. ރަށްރަށުގެ ކައުންސިލްތަކާއި، އެނޫންވެސް ދަޢުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ ތެރެއިން އާރކައިވާގުޅޭ މަސައްކަތްކުރާ މުވައްޒަފުންނަށް އާރކައިވް ކުރުމާގުޅޭ ތަމްރީނުދިނުން.
  6. ރަށު ކައުންސިލްތަކާއި، އެނޫންވެސް ދަޢުލަތުގެ މުއައްސަސާތަކުގައި ހުރި ލިޔެކިޔުންތަކުގެ ތެރޭގައި ތާރީޚަށް ރައްކާ ކުރަންޖެހޭ މުހިންމު ލިޔުންތައް ދެނެގަނެ އެފަދަ ތަކެތީގެ ދަފުތަރެއް ތައްޔާރުކޮށް އެމަޢުލޫމާތު ސްޕަވައިޒަރަށް ފޮނުވުން.
  7. ރަށުކައުންސިލްތަކާއި، އެނޫންވެސް ދަޢުލަތުގެ މުއައްސަސާތަކުގައި ހުރި ލިޔުންތަކުގެ ތެރޭގައި ޕްރިޒަވޭޝަން އެންޑް ކޮންޒަވޭޝަން ފަރުވާ ދޭންޖެހޭ ފަދަ ޙާލަތުގައި ހުރި ލިޔެކިޔުން ހުރިނަމަ ވީހާވެސް އަވަހަށް އެކަމާއިގުޅޭ ފުރިހަމަ މަޢުލޫމާތު ޤައުމީ އަރުޝީފަށް ފޮނުވުން.
  8. އާކައިވް ނިޒާމް ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓޭނެ ނިޒާމެއް ޤާއިމްކޮށް އެކަމަށް ބޭނުންވާ ފަންނީ ލަފަޔާއި ތަމްރީނު ދިނުން.

ވީމާ ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 6 ފެބްރުއަރީ 2017 ވާ ހޯމަ ދުވަހުގެ 12:00 "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އީމެއިލް މެދުވެރިކޮށް ނުވަތަ ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ އިދާރީބައި

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފް

މަޖީދީމަގު،

މާލެ، ދިވެހިރާއްޖެ.

ޓެލެފޯން: 3010930

އީމެއިލް އެޑްރެސް: [email protected]                                                              

 

                            30 ޖަނަވަރީ 2017

 

30 ޖަނަވަރީ 2017
ހޯދާ