މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭބިސީތަކަށް ދަނޑުބިން ދޫކުރުން

ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކުން ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލުން.

ރ. އަނގޮޅިތީމުގައި ދަނޑުވެރިކަން އާލާކޮށް ދިރުވުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެކުލަވާލެވި 23 ޖެނުއަރީ 2017 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވިފައިވާ ގަވާއިދު "ރ. އަނގޮޅިތީމުން ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ ގަވާއިދު" (ގަވާއިދު ނަންބަރު : 2017/R-10)ގެ ދަށުން ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ. ދަނޑުބިމަށް އެދި ހުށަހަޅާނީ  " ދަނޑުވެރިކަން ކުރުމަށް ދަނޑުބިމަށް އެދޭ ފޯމް" އިންނެވެ. ދަނޑުބިމަށް އެދި ހުށަހެޅުމުގެ މުއްދަތަކީ  24 ޖެނުއަރީ 2017 އިން 06 ފެބްރުއަރީ 2017  ވަނަ ދުވަހުގެ 13:00 އަށެވެ. މި މުއްދަތުގެ ތެރޭގައި ދަނޑުބިމަށް އެދޭފޯމް ރަސްމީ ގަޑީގައި މި ކައުންސިލުން ލިބެން ހުންނާނެއެވެ. އަދި މި އިޢްލާނާއިއެކުގައި އެޓޭޗް ކުރެވިފައިވާނެއެވެ.

  • ކޮންމެ ގޭބިސީއަކަށް  ދޫކުރަނީ  2000 ( ދެހާސް) އަކަފޫޓުގެ 01 (އެކެއް)  ބިން.
  • ދަނޑުބިމަށް އެދޭ ގޭބިސީއަކީ މީހުން ދިރިއުޅޭތާ 01 އަހަރުވެފައިވާ ގޭބިސީއަކަށް ވާންވާނެ.
  • ދަނޑުބިން ދޫކުރެވޭނީ 02 އަހަރު ދުވަހަގެ މުއްދަތަށް.
  • ގޭބިސީތަކަށް ދޫކުރާ ދަނޑުބިންތަކަށް އަކަފޫޓަކަށް ފަސްލާރި މަހަކު ދައްކަން ޖެހޭނެ

ދަނޑުބިމުގެ ގަވާއިދު "ރ. އަނގޮޅިތީމުން ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ ގަވާއިދު" މިއިދާރާގެ ނޯޓިސްބޯޑުންނާއި މި އިދާރާގެ ފޭސްބުކް ޕޭޖް އަދި ދިވެހި ސަރުކާރުގެ ގެޒެޓް އިން ކިޔޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ގޭބިސީތަކުން ދަނޑުބިމަށް އެދުމުގެ ކުރިން ދެންނެވުނު ގަވާއިދު ކިޔުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ. ދަނޑުބިން ދޫކުރެވޭނީ މި މުއްދަތު ހަމަވުމުން، މި އިދާރާއިން ފޯމުތައް ޗެކް ކުރުމަށްފަހު ޝަރުތު ހަމަވާ ގޭބިސީތަކަށެވެ. ދަނޑުބިންތަކާއި ބެހޭގޮތުން އިތުރު މަޢްލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި އިދާރާއަށް ވަޑައިގެން ނުވަތަ 6580071 އާއި ގުޅުއްވާ ނުވަތަ[email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުމަށް ދަންނަވަމެވެ.

ދަނޑުބިމަށް އެދޭ ފަރާތްތަކުން ހުށައަޅަންޖެހޭ ތަކެތި:

  1. އިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ ރަށްވެހީންގެ ރަޖިސްޓްރީގެ ކޮޕީ.
  2. ގޯތީގެ ވެރިފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ.
  3. ކައުންސިލުން ދޫކުރާ ދަނޑުބިމަށް އެދޭ ފޯމް އަދި ބަލައިގަތުމުގެ ފީ -/10ރ

              26 ރަބީއުލްއާޚިރާ  1438

              24  ޖެނުއަރީ   2017                                       ކައުންސިލްގެ ރައީސް

24 ޖަނަވަރީ 2017
ހޯދާ