ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޯޕަރޭޓް ވީޑިއޯ އެއް ތައްޔާރު ކުރުމާއި ބެހޭ

 

އިޢުލާން                                                               

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޯޕަރޭޓް ވީޑިއޯ އެއް ތައްޔާރު ކުރުމާއި ބެހޭ

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޯޕަރޭޓް ވީޑިއޯ އެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޖަނަވަރީ 2017 ވާ އަންގާރަ ދުވަހުގެ 10:00 އަށް ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 5 ފެބްރުވަރީ 2017 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ.

 

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

                                                                                                                                                           

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3322718 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

25 ރަބީއުލްއާޚިރު 1438 ހ.    

23 ޖަނަވަރީ 2017 މ.

 

23 ޖަނަވަރީ 2017
ހޯދާ