މާމެންދޫ ސްކޫލް، ލ.މާމެންދޫ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބުރޭރިއަން

`

 

 

މާމެންދޫ ސްކޫލް

ލ.މާމެންދޫ، ދިވެހިރާއްޖެ

 

   ތާރީޚް: 22 ޖެނުއަރީ 2017                                             ނަންބަރު:GS-189/IUL/2017/01

 

ވަޒީފާގެ ފުރުޞަތު

 

 

މަޤާމް:                            އެސިސްޓެންޓް ލައިބްރޭރިއަން

ބޭނުންވާ އަދަދު:                   01

ރޭންކް:                        ޖީ. އެސް 3

ކްލެސިފިކޭޝަން :                 އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

މުސާރަ :                       -/4465 ރުފިޔާ

ސަރވިސް އެލަވަންސް:              -/1500 ރުފިޔާ

ވަޒީފާއޮތް އޮފީސް:                 މާމެންދޫ ސްކޫލް

ގިންތި:                         ވަގުތީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :       އެކަޑަމިކް ސެކްޝަން / މާމެންދޫ ސްކޫލް

                        

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

1- ކޮންމެ އަހަރެއް ނިމުމުން، ލައިބުރަރީގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން

2- ނައްތައިލެވޭ ފޮތްތަކުގެ ރެކޯޑާއި،ހަލާކުވާ ފޮތްތަކުގެ ބަދަލު ހޯދުމުގެ ކަންތައް ހަމަޖެއްސުން

3- ފޮތްތަކުގެ އެކްސެޝަން ނަންބަރ ޖެހުން

4- ދަރިވަރުންނާއި މުދައްރިސުންނަށް ފޮތްތައް ބޭނުން ކުރެވޭނެ އިމްތިޒާމް ހަމަޖެއްސުން

5- ޑިއުކާޑް ހަރުކުރުމާއި، ތައްގަނޑު ޖެހުމާއި، ޗެކްކުރި ކާޑް ޖެހުން

6- ލައިބުރަރީގައިވާ ފޮތްތައް ސާފުތާޙިރުކޮށް ބެލެހެއްޓުން

7- ލައިބުރަރީއަށް ދަރިވަރުން ޝައުޤުވެރި ކުރުވުމަށް ތަން އިންތިޒާމް ކުރުން

8- ފޮތް ކިޔުންތެރިކަމަށް ހިތް ޖެހޭނެ ގޮތެއްގެ މަތިން ކަމުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާވައި، މުދައްރިސުންނާއި ސްޕަވައިޒަރުންގެ އެހީގައި އެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން.

9- ލައިބްރަރީ ހުޅުވުމުގެ އިމްތިޒާމްތައް ހަމަޖެއްސުމާއި އެކަން ބެލެހެއްޓުން

10- ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެ ދިނުން

11- އިދާރީ ކަންތައްތަކުގައި ސްކޫލްގެ ވެރިންނަށް އެހީތެރިވެ ދިނުން

 

 

 

ޝަރުތު:

                                                    

                                                    

  1. މަގާމުގެ މަސައްކަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަގާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 

-          ތަޢުލީމާއި ތަމްރީނު ލިބިފައިވާ ފަރާތަކަށްވުން.

-          ކޮމްޕިއުޓަރަށް އަހްލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން

-          ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

-  މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލް ކަމުގެ ސިފަތައް އިންޓަރވިއު ޕެނަލަށް ސާބިތު ކޮށްދެވޭ މިންވަރު.

-  ސިވިލް ސަރވިސް ކޮމިޝަނުން 2013 އޭޕްރީލް 1 ގައި ޢަމަލު ކުރައްވަން ފައްޓަވާފައިވާ، " ސިވިލް ސަރވިސްގެ މަޤާމްތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް" ކުރައިޓީރިއާއަށް ރިޢާއަތްކޮށް.

 

އިންޓަރވިއު ކުރުން

 

ހ. 2017 ފެބުރުއަރީ 02 އާއި ފެބުރުއަރީ 07 އާއި ދެމެދު މި މަޤާމަށް އިންޓަރވިއު ކުރެވޭނެއެވެ. އިންޓަރވިއު އޮންނާނީ މާމެންދޫ ސްކޫލްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ނޯޓް: އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަރވިއު ބޭއްވޭނެ ތަނާއި ގަޑިއާއި ތާރީޚް ( މަތީގައިވާ ފޯވަހީގެ ތެރޭގައި ) ފަހުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމް، މާމެންދޫ ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mvގެ ވެބްސައިޓުން މިފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

-       ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މާމެންދޫ ސްކޫލް އޮފީހަށެވެ.

-       ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2017 ފެބުރުއަރީ 01 ވަނަ ދުވަހުގެ މެންދުރު 12:00 ކުރިންނެވެ.

 

 

ނޯޓް:

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން.މާމެންދޫ ސްކޫލް ގެ ނަންބަރު 6800549 ފޯނަށް ގުޅުއްވުން އެދެމެވެ. 

              25 ރަބީޢުލް އާޚިރު 1438

              23 ޖެނުއަރީ 2017

 

 

 

 

23 ޖަނަވަރީ 2017
ހޯދާ