ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފޮޅާ ސާފުކުރުން

ގއ.އަތޮޅު ހޮސްޕިޓަލް

ގއ.ވިލިނގިލީ 

                                                     ނަންބަރު: (IUL)GAAH/2017/1001)

 

                       އިޢުލާން


ގއ. އަތޮޅު ހޮސްޕިޓަލް ފޮޅައި ސާފުކުރުމާބެހޭ:

                  މި ހޮސްޕިޓަލުގެ ޢިމާރާތްތަކާއި ގޯތި، އަދި ވަށައިގެންވާ މަގުތައް ކުނިކަހައި ފޮޅާ ސާފުކުރުމުގެ މަސައްކަތް 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް އުސޫލުން، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:   (IUL)GAAH/GAAH/2016/1001) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރުހަމަވަނީ އަމިއްލަފަރާތަކަންވަތީ އެފުރުސަތު އަލުން  ހުޅުވާލަމެވެ.

                    ވީމާ، މި މަސައްކަތް 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް އުސޫލުން، އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖަނަވަރީ 2017 ވާ ހޯމަދުވަހުގެ 13:00 އަށް ގއ. އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ގއ. އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.      

                   17  ޖަނަވަރީ 2017

 

 

19 ޖަނަވަރީ 2017
ހޯދާ