ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ފަހަށް ރައްކާކުރުމާއި އިންވެސްޓުކުރުން | މާލީގޮތުން ފުދުންތެރި ވަމާ

ފަހަށް ރައްކާކުރުމާއި އިންވެސްޓުކުރުން | މާލީގޮތުން ފުދުންތެރި ވަމާ

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޓްރެއިނިންގ އިންސްޓިޓިއުޓުން އިސްނަގައިގެން، ކެޕިޓަލް މާރކެޓު މެދުވެރިކޮށް ފަހަށް ރައްކާކުރުމާއި އިންވެސްޓުކުުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަން އޮންނާނީ 2017 ޖަނަވަރީ 26 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 9:00 އިން 13:00 އަށެވެ.

ކެޕިޓަލް މާރކެޓު މެދުވެރިކޮށް ފަހަށް ރައްކާކުރުމާއި އިންވެސްޓު ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ސެޝަންގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާނީ، މާލީގޮތުން ފުދުންތެރި މީހަކަށް ނުވަތަ ބަޔަކަށް ވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ. މިގޮތުން، ބަޖެޓެއް އެކުލަވާލުމާއި، އިންވެސްޓް ކުރުމަށް ހުރި ފުރުޞަތުތައް ދެނެގަނެ، އިންވެސްޓު ކުރުމުގައި ހުރި ރިސްކުތައް ދެނެގަތުމާއެކު، އެފަދަ ރިސްކު ކުޑަކުރެވޭނެ ގޮތްތަކާއި، ސެކަންޑަރީ މާރކެޓް މެދުވެރިކޮށް ހިއްސާ ގަނެ ވިއްކާނެ ގޮތުގެ މަޢުލޫމާތުގެ މައްޗަށެވެ. މީގެ އިތުން، ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވުމުގެ މުހިންމުކަމާއި ދިވެހިރާއްޖޭގެ ޕެންޝަން ސްކީމާ ގުޅޭ މަޢުލޫމާތު ދެވިގެންދާނެެއެވެ.

ހިލޭ ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ މި ސެޝަންގައި ބައިވެރިވުމަށް އެންމެހައި ފަރާތްތަކަށް ދަޢުވަތު އަރުވަމެވެ. ވީމާ، ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރާއެކު 2017 ޖަނަވަރީ 19 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮތޯރިޓީގެ އީމެއިލް އެޑްރެހަށް [email protected] އީމެއިލް ކުރެއްވުން އެދެމެވެ. 40 ބައިވެރިންނަށް ޓާގެޓް ކޮށްގެން ބާއްވާ މި ޕްރޮގްރާމުގައި ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ، ބައިވެރިވުމަށް ރަޖިސްޓަރީކުރާ ތަރުތީބަށް އިސްކަންދޭގޮތަށެވެ.

މި ސެޝަނާބެހޭ އިތުރު މަޢުލޫމާތު މިއޮތޯރިޓީގެ ނަންބަރު 3014103 ނުވަތަ 3014112 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

10 ޖަނަވަރީ 2017
ހޯދާ