މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ޓްރެވަލް އެޖެންސީތަކުގެ އަހަރީ ރިޕޯޓާ ގުޅޭ

އިޢުލާން

ދިވެހިރާއްޖޭގައި ދަތުރު ރާވައި ހިންގުމާ ބެހޭ ގަވާއިދުގެ (ޓްރެވަލް އެޖެންސީ ހިންގުމާ ބެހޭ ގަވާއިދު) 8 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ކުންފުނީގެ އަހަރީ ރިޕޯޓެއް މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހެއެވެ. މި އަހަރީ ރިޕޯޓު ހުށަނާޅައިފިނަމަ، އެ ކުންފުންޏަކަށް ދީފައިވާ ހުއްދަ ބާޠިލުކުރެވޭނެކަމަށްވެސް އެ މާއްދާގައި ބުނެފައިވެއެވެ. މިގޮތުން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓު 2017 ޖަނަވަރީ 31 ވަނަ ދުވަހުގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

ވީމާ، 2017 ޖަނަވަރީ 31 ގެ ކުރިން،  2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަނާޅުއްވާ ފަރާތްތަކަށް މި މިނިސްޓްރީން ދޫކޮށްފައިވާ ޓްރެވަލް އެޖެންސީ ހިންގުމުގެ ހުއްދަ ބާޠިލުވާނެ ވާހަކަ އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

4 ރަބީޢުލްއާޚިރު 1438

02 ޖަނަވަރީ 2017
ހޯދާ