ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އަތޮޅުތެރޭގެ އައުޓްރިޗް ދަތުރުތައް ކުރުމަށް ލޯންޗު ހޯދުމަށް

އަތޮޅުތެރޭގެ އައުޓްރިޗް ދަތުރުތައް ކުރުމަށް ލޯންޗު ހޯދުމަށް

މި ހޮސްޕިޓަލުގެ ފަރާތުން ފ.އަތޮޅުގެ ރަށްތަކަށް ކޮންމެ ހަފުތާއަކު 1 ދުވަހު ޢާންމުކޮށް ކުރަމުންގެންދާ އައުޓްރިޗް ދަތުރުތައް ކުރުމަށް 2017 ވަނަ އަހަރު (1 އަހަރުދުވަހުގެ މުއްދަތަށް) ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯއްދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖަނަވަރީ 16 ވަނަ ދުވަހުގެ 10:00 އަށް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 19 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

02 ޖަނަވަރީ 2017
ހޯދާ