ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މާކެޓިންގ މެނޭޖަރ

މަޤާމް :މާކެޓިންގ މެނޭޖަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މާކެޓިންގ މެނޭޖަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ގްރޭޑް:

6

ސްޕައިން ޕޮއިންޓް:

35

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް / ސެކްޝަން:

މާކެޓިންގ

މުސާރަ:

މަހަކު 10,582/19 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 4,535/22 ރުފިޔާ

ޢިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

1. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭގެ ލެވެލް 7/8ގެ ސެޓުފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،

2. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭގެ ލެވެލް 5/6 ގެ ސެޓުފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރުދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

އާންމު މަސައްކަތްތައް:

- މާކެޓިންގ ސްޓްރެޓަޖީތަކާއި ޕްލޭންތައް އެކުލަވައިލައި، މެނޭޖްކޮށް، ރޭވުމާ އެއްގޮތަށް، ބަޖެޓުގެ ތެރޭގައި، ކަނޑައެޅިފައިވާ މުއްދަތުގައި، ޕްރޮފެޝަނަލްކޮށް ޕްލޭން ތަންފީޒުކުރުން.

- މާކެޓިންގެ މަސައްކަތްތައް ތަންފީޒުވާވަރު ބެލެހެއްޓުމާއި، ހަވާލުކުރުމާއި، ޔުނިވަރސިޓީގެ މާކެޓިންގެ ލަނޑުދަނޑިތައް ހާސިލުކުރެވޭފަ ހުނަރުވެރި ޤާބިލު ޓީމެއް އުފެއްދުމަށް އެހީތެރިވުން.

- ޔުނިވަރސިޓީއާ ދޭތެރޭ މީހުން ދެކޭގޮތް ރަނގަޅުކުރުމަށް، ޕީ.އާރު ފުރުޞަތުތައް ހޯދުމަށް ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގެ ފަރާތްތަކާ ނެޓްވާރކްކުރުން.

- ޔުނިވަރސިޓީގެ މީޑިއާތަކުގައި ބޭނުންކުރާނޭ އިވެންޓްތަކާއި، ތަންތަނާއި، މީހުންގެ ފޮޓޯއާއި، ކުރެހުމާއި، ލިޔުމުގެ ލައިބްރަރީއެއް އެކުލަވައިލައި ކެޓެލޮގްކޮށް ބެލެހެއްޓުން.

މީޑިއާއާއި ޕަބްލިކް ރިލޭޝަންސް:

ޔުނިވަރސިޓީއާމެދު މީހުން ހޭލުންތެރިކުރުމާއި، ޔުނިވަރސިޓީއާމެދު މީހުންގެ ރުހުމާއި މަޤްބޫލުކަން އިތުރުކޮށް، ރާއްޖޭގެ އެންމެ ފުރަހާދަ ތަޢުލީމީ ތަނުގެގޮތުގައި އާންމުން ދެކޭނެ ތަނެއްގެގޮތުގައި ހެދުން.

މާކެޓިންގއާއި ކޮމިޔުނިކޭޝަންސް:

- ޔުނިވަރސިޓީގެ ބްރޭންޑިންގ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެމަތިން މަސައްކަތްކޮށް، ފެކަލްޓީތަކާއި ސެންޓަރުތަކަށް އެކަށީގެންވާ ބްރޭންޑް އައިޑެންޓިޓީއެއް ހަދައި، އައިޑެންޓިޓީ އިތުރަށް ތަރައްޤީކުރުން.

- ޔުނިވަރސިޓީގައި ލިބެންހުރި ވަސީލަތްތަކުގެ ބޭނުންހިފައިގެން ފެކަލްޓީތަކާއި ސެންޓަރުތަކުގައި މާކެޓްކުރުމުގެ ހުނަރުވެރިކަން އިތުރުކުރުމާއި، އަލަށް ފަށާ ކޯސްތަކާއި ޕްރޮގްރާމްތައް މާކެޓް ރިސަރޗަށް ބިނާކުރުން.

- ޔުނިވަރސިޓީގެ މާރކެޓިންގ ޕޯރޓްފޯލިއޯ ތަރައްޤީކުރުމުގައްޔާއި މާކެޓިންގެ ޕްލޭނުތައް ހެދުމުގައި، ފެކަލްޓީތަކާއި ސެންޓަރުތަކުގެ އިސްވެރިންގެ ލަފައާއި އިރުޝާދު ހޯދުން.

- ޔުނިވަރސިޓީގެ އެހެން ފަރާތްތަކާ ގުޅިގެން، މާކެޓިންގ ކެމްޕެއިންތައް ތަންފީޒުކުރުމުގައި ސޯޝަލް މީޑިއާ މެނޭޖްކޮށް ބެލެހެއްޓުން.

- ޔުނިވަރސިޓީގެ ފޭސްބުކް ޕޭޖާއި، ޓްވިޓަރ އެކައުންޓާއި، ޔޫޓިއުބް ޗެނަލް ބަލަހައްޓައި އަޕްޑޭޓްކުރާ އިސްފަރާތުގެގޮތުގައި ހަރަކާތްތެރިވުން.

ޝާއިޢުކުރުން ބެލެހެއްޓުން:

ޔުނިވަރސިޓީގެ ނިއުސްލެޓަރތަކާއި ސްޕެޝަލް އިވެންޓް ލިޔުންތައް އުފެއްދުން މެނޭޖްކޮށް، އެތަކެތި ބެހުން.

ޚާއްޞަ އިވެންޓްތައް:

ޔުނިވަރސިޓީ މާކެޓްކުރުމުގެ މަޤްޞަދު ހިމެނޭ ޙަފްލާތަކާއި، ފެއަރތަކާއި، އޯޕަން ޑޭތަކާއި، މައުރަޒު ފަދަ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2017 ޖަނަވަރީ 12 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައިމިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

ލިންކް: http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

 

ނޯޓު:

 

- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.

- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

-  ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345131 ނަންބަރު ފޯނަށެވެ.

 7 ރަބީޢުލްއާޚިރު 1438
05 ޖަނަވަރީ 2017
ހޯދާ