މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މ. އަތޮޅު "އަތޮޅުގެ" (ވީ.އައި.ޕީއާއި، ފާޚާނާތަކާއި، ސިޓިންގރޫމާއި ފެންޑާ) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ވަނީ ބޭނުންވެފައެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 10 ވާ އަންގާރަދުވަހުގެ 12:45 ގެ ކުރިން މި އިދާރާއަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޖަނަވަރީ 15 ވާ އާދީއްތަދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މާކްސް ދެވޭ ކުރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލް

ފޯމިއުލަރ

އަގު

50%

  • ޚިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ ލިޔުންތަކަށްބަލައި އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

 

(Benchmark Price / Submitted Price) x Allocated Percentage

ފަންނީ  ތަޖުރިބާ

25%

  • ޚިދުމަތްދިނުމުގައި ފަންނީ ތަޖުރިބާއަށް ދޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން މިކަމާ ގުޅޭގޮތުން ހުށަހަޅާ ލިޔުންތަކުގެ މައްޗަށްބަލައި މިބާވަތުގެ މަސައްކަތް އެންމެ ގިނައިން ކޮށްފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މަސައްކަތެއްގެ މެދުގައި ލިބޭ %  ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނައިން މިބާވަތުގެ މަސައްކަތް ކޮށްފައިވާ ފަރާތަކަށެވެ.

 (Submitted experience / Benchmark experience) x Allocated Percentage

މާލީ ތަނަވަސްކަން

15%

  • މާލީ ތަނަވަސްކަމަށް ދޭ މާކްސް
  • މާކްސްދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީއިން ފާސްވާ ފަރާތްތަކުން ހުށަހަޅާފައިވާ މާލީ ތަނަވަސްކަން އަންގައިދޭ ލިޔުންތަކުގެ މައްޗަށް ބަލައި، އަމިއްލަ ޚަރަދުގައި އެންމެ އަގުބޮޑުކޮށް ކޮށްފައިވާ މަސައްކަތް ނުވަތަ މަސައްކަތްތައް ބެންޗްމާކެއް ކަމުގައި ބަލައިގެން  ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަދަދެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އަމިއްލަ ޚަރަދުގައި އެންމެބޮޑު އަގެއްގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށެވެ.

 

(Submitted Financial capability / Benchmark Financial capability) x Allocated Percentage

މުއްދަތު

10%

  • މުއްދަތަށް ދޭ މާކްސް
  • މާކްސްދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން މަސައްކަތް ނިންމުމަށް ހުށަހަޅާފައިވާ މުއްދަތަށް ބަލައި އެންމެ ކުރު މުއްދަތު ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

 

(Benchmark Period / Submitted Period) x Allocated Percentage

4 ރަބީޢުލްއާޚިރު 1438

02 ޖަނަވަރީ 2017
ހޯދާ