ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
2017 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

2017 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (4)DS/2016/17 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖަނަވަރީ 09 ވާ ހޯމަދުވަހުގެ ހެނދުނުު 11:00 އަށް މި ސްކޫލް ގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 16 ވާ ހޯމަދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

06 ރަބީއުލްއާޚިރު 1438

04 ޖަނަވަރީ 2017
ހޯދާ