މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ހއ. މާރަންދޫ، ބ. މާޅޮސް، ހއ. މުރައިދޫގެ ނަރުދަމާ ނިޒާމުގެ ސާރވޭކޮށް، ޑިޒައިން ކުރުމަށް ކޮންސަލްޓަންސީ ޚިދުމަތް ހޯދަން ބޭނުންވެއްޖެ

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ހއ. މާރަންދޫ، ބ. މާޅޮސް، ހއ. މުރައިދޫގެ ނަރުދަމާ ނިޒާމުގެ ސާރވޭކޮށް، ޑިޒައިން ކުރުމަށް ކޮންސަލްޓަންސީ ޚިދުމަތް ހޯދަން ބޭނުންވެއްޖެ

2017 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހއ. މާރަންދޫ، ބ. މާޅޮސް، ހއ. މުރައިދޫގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ފައިސާވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުތަކަށް ލިބިފައިވާ ފައިސާގެ ތެރެއިން ހއ. މާރަންދޫ، ބ. މާޅޮސް، ހއ. މުރައިދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ނަރުދަމާގެ ނިޒާމްގެ ސާރވޭކޮށް، ޑިޒައިން ކުރުމަށް ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ކޮންސަލްޓަންސީގެ މަސައްކަތްތަކުގެ ތެރޭގައި ޕްލިމިނަރީ ޑިޒައިންގ، ޑީޓެއިލް ޑިޒައިންގ، ޓެންޑަރ ޑޮކިއުމަންޓްސްއާއި، އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް ތައްޔާރުކުރުން ހިމެނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓަންޓުން ރިކުއެސްޓް ފޮރ ޕްރޮޕޯސަލް (އާރް.އެފް.ޕީ) އާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަސައްކަތްކުރެއްވުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު، އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ "ބިޑް ޑޮކިއުމަންޓް " މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު އޮޅުންފިއްލުވުމަށް ބޭނުންވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވަޑައިގެންނެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން [email protected]  އަށް މެއިލް ކުރައްވައިގެން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރީ ކުރެއްވޭނެ އެންމެފަހު ތާރީޚަކީ 16 ޖަނަވަރީ 2017 އެވެ.

" ޕްރޮޕޯސަލް" ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ޖަނަވަރީ 23 ވާ ހޯމަދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު ތިރީގައިވާ ގޮތަށް ޖައްސަވައި، 2017 ޖަނަވަރީ 23 ވާ ހޯމަދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

" ހއ. މާރަންދޫ، ބ. މާޅޮސް، ހއ. މުރައިދޫގެ ނަރުދަމާ ނިޒާމުގެ ސާރވޭކޮށް، ޑިޒައިން ކުރުމަށް ކޮންސަލްޓަންސީގެ ޚިދުމަތާ ބެހޭ"

އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv

 

27 ޑިސެންބަރު 2016
ހޯދާ