މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން

އިޢުލާން

ރ. ހުޅުދުއްފާރު "ފެހިވިނަ" އެވެ ކިޔާ ގެއާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން ހޯދުމަށްޓަކައި އާންމުކުރުން:

ރ. ހުޅުދުއްފާރު މެރިންލައިޓް، ޝަރީފާ ޢަލީގެ ނަމުގައި ރަޖިސްޓަރީކޮށް މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު އޮފީހުން ހަދައިދެއްވާފައިވާ ނަންބަރު: R-2/2008/29 "ފެހިވިނަ" އެވެ ކިޔާ އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން ހުށަހަޅާފައިވާތީ، މިދެންނެވި ރަޖިސްޓަރީއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، 2017 ޖަނަވަރީ 22 ވަނަ ދުވަހުގެ ރަސްމީގަޑި ނިމުމުގެކުރިން އެކަން މި އިދާރާއަށް އަންގައިދިނުމަށް އެދި އަންގައި އިޢުލާންކުރީމެވެ.

22 ރަބީޢުލްއައްވަލް 1438  

21 ޑިސެންބަރު 2016
ހޯދާ