ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
އެޕާޓްމަންޓެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

އިޢުލާން

1 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފުން

މި ސްކޫލަށް 1 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

މި ތަނަކީ ކޮޓަރީގައި ފާޚާނާ ހުރި، ކައްކައި ކެވޭގޮތަށް ގޭސް އުނދުނާއި ފަރުނީޗަރާއި، ހިފައިގެންގުޅޭ އެންމެހައި ތަކެތި ހަމައަށްހުރި އެޕާޓްމަންޓެއް ކަމުގައި ވާންޖެހޭނެއެވެ. އަދި ކަރަންޓާއި ބޯފެން ފަދަ ވަސީލަތްތައް ލިބެން ހުންނަންޖެހޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓައި އިއުލާން ކުރީމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

2016 ޑިސެންބަރު 27 ވާ އަންގާރަ ދުވަހުގެ 13:00 އަށް

2017 ޖަނަވަރީ 02 ވާ ހޯމަދުވަހުގެ 13:00 އަށް

22 ޑިސެންބަރު 2016
ހޯދާ