ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ކެންޓީނެއްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

އިޢުލާން

ހއ. އަތޮޅު މަދަރުސާގައި ކެންޓީނެއްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

2017 ވަނަ އަހަރުން ފެށިގެން 2 އަހަރުދުވަހުގެ މުއްދަތަށް މި މަދަރުސާގައި ކެންޓީނެއް ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމުގެ ދޮރު ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ޑިސެންބަރު 26 ވާ ހޯމަދުވަހުގެ 11:00 ގައި ހއ. އަތޮޅު މަދަރުސާގެ އޮފީހުގައި

2017 ޖަނަވަރީ 05 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި ހއ. އަތޮޅު މަދަރުސާގެ އޮފީހުގައި

އަންދާސީހިސާބު ހުށަހެޅޭނީ ހަމައެކަނި ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، ވިޔަފާރިތަކަށެވެ. މަޢްލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކުފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީފޮނުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަކާ ނުލައި ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

21 ރަބީޢުލްއައްވަލް 1438

20 ޑިސެންބަރު 2016
ހޯދާ