ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުން

     އިޢުލާން

 އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުން:

2017 ވަނަ އަހަރަށް މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް އެޓޭޗް ފާޚާނާ އެކުލެވޭ 2 ކޮޓަރި، ސިޓިންރޫމް، ބަދިގެ، ކާގެ އެކުލެވިގެންވާ ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް 2 ކޮޓަރި، ސިޓިންރޫމް، ބަދިގެ، ކާގެ އެކުލެވިގެންވާ ގެއެއް ކުއްޔަށް ދޭންބޭނުންވާ ފަރާތްތަކުން 2016 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 27  ވާ އަންގާރަދުވަހުގެ 13:00 އަށް ސްކޫލަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. 

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއި މަޢުލޫމާތު ސާފުކުރާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ބަދަލުގައި ބޭފުޅަކު ފޮނުވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ހާޒިރުވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނެވުން އެދެމެވެ.

19 ރަބީޢުލްއައްވަލް 1438

18 ޑިސެންބަރު 2016
ހޯދާ