ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބައެއް ތަކެތި ގަންނަން ބޭނުންވެއްޖެ

ޢިއުލާން

ސެންޓަރަލް ލައިބްރަރީގައި ބޭނުންކުރަމުންދާ ވީ.އާރު.ވީ ސިސްޓަމުގެ 2 އައުޓްޑޯ ސެޓު ރާއްޖެއިންބޭރުން ގެނެސް އިންސްޓޯލްކޮށް މިހާރު ބޭނުންކުރާ އިންޑޯ ޔުނިޓުތަކާ ގުޅައިދީ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 2016 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރަލް ލައިބްރަރީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް ދިނުމަށް ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީ ދުވަހުގެ 13:00 އަށް މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. އެހެންނަމަވެސް، އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ޑިސެންބަރު 28 ވާ ބުދަދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރަލް ލައިބްރަރީގައެވެ.

16 ރަބީޢުލްއައްވަލް 1438

15 ޑިސެންބަރު 2016
ހޯދާ