ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

ގްރޭޑް

1

ސްޕައިން ޕޮއިންޓް:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ފެސިލިޓީސް މެނޭޖްމަންޓް

މުސާރަ:

މަހަކު 3,549/22 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1,521/09 ރުފިޔާ

ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

އަސާސީ ފެންވަރު

މަޤާމުގެ މަސްއޫލިއްޔަތު:

1. އިމާރާތުގެ ގޯތިތެރެއާއި، ކިޔަވައިދިނުމަށް ބޭނުންކުރާ ތަންތަނާއި، މަސައްކަތްކުރާ ޖަގަހަތައް ފަދަ އިމާރާތުގައި ހިމެނޭ އެންމެހައި ތަންތަނާއި، އިމާރާތުގައި ހަރުކޮށްފައިވާ ފަންކާއާއި، ބިއްލޫރިއާއި، ފަރުނީޗަރު ފަދަ ތަކެތި ދާއިމީގޮތެއްގައި ހިރަފުސް ފޮޅައި، ޞިއްޙީގޮތުން އެކަށީގެންވާ މިންވަރަށް ސާފުކުރުން.

2. ހަވާލުކުރެވިފައިވާ އޮފީހުގެ ކޮޓަރިތައް ސާފުކޮށް، ވަށިގަނޑުތަކުގައި ހުންނަ ކުނި އުކައިލުން.

3. ފާޚާނާތައް ސާފުކޮށް ދޮވުން.

4. ސާފުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވާ ތަންތަނުގެ ތެރެއިން މޮޕްލައިގެން ސާފުކުރަންޖެހޭ ތަންތަނުގައި ހަފުތާއަކު ތިންފަހަރު މޮޕްލައި ސާފުކުރުން.

5. ސާފުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވާ ތަނެއްގައި ހަލާކުވެ ބޭނުން ނުކުރެވޭ ފަދަ ގޮތަކަށް އެއްޗެއް ހުރިނަމަ، ނުވަތަ ތަން ހަލާކުވެފައި ހުރިނަމަ، އެކަން ކަމާބެހޭ މުވައްޒަފެއްގެ ސަމާލުކަމަށް ގެނައުން.

6. ސައިކޮޓަރިތެރެއާއި، މޭޒާއި، ގޮނޑިއާއި، ސިންކާއި، ކަބަޑު ފަދަ ތަންތަން ސާފުކޮށް ރީތިކުރުން.

7. ފާޚާނާތަކުގައި  ހުންނަންޖެހޭ  ކަރުދާހާއި  ސައިބޯނި ފަދަ  ތަކެތި  ހަމަޔަށް  ހުރޭތޯ  ކަށަވަރުކޮށް،  ހުންނަންޖެހޭ  އެއްޗެއް ނެތްނަމަ، އެ އެއްޗެއް ހަމަކުރުން.

8. ސާފުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވާ، އާންމުކޮށް މީހުން ނުވަންނަ ތަންތަން ހަފުތާއަކު އެއްފަހަރު ސާފުކުރުން.

9. ކްލާސްތައް ބޭއްވުމަށާއި، އިމްތިޙާންތައް ބޭއްވުމަށާއި، ސެމިނާރު ފަދަ ކަންކަން ބޭއްވުމަށް ބޭނުންވާ ތަންތަން ތައްޔާރުކުރުން.

10. އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ، އެއްބާރުލުމާއެކު މަސައްކަތްކުރުން.

11. ކެމްޕަހުން ހަވާލުކުރާ، މަޤާމާ ގުޅޭ ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:   

2016 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: 

1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން  ލިބެން ހުންނާނެއެވެ. އަދި  ޔުނިވަރސިޓީގެ ތިރީގައިމިވާ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

ލިންކް: http://mnu.edu.mv/images/downloads/Job%20Application.pdf

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

ނޯޓު:

1. އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

2. އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.

3. އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

4. މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

5. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

6. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345131 ނަންބަރު ފޯނަށެވެ.

15 ރަބީޢުލްއައްވަލް 1438

14 ޑިސެންބަރު 2016
ހޯދާ