މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. ކަލައިދުއާއި، ދަނބިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު

މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. ކަލައިދުއާއި، ދަނބިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ ތަމްރީން ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުސަތު

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލ.ދަނބިދޫއާއި ކަލައިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ ތަމްރީން ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބުރުގައި މި ޕްރޮގްރާމުގެ ދަށުން ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ، ލ.ދަނބިދޫއާއި، ލ.ކަލައިދޫން ޖުމުލަ 70 ފަރާތަށެވެ. މިގޮތުން މި ދެރަށުން ކުރެ ކޮންމެ ރަށަކުން ފުރުޞަތު ދެވޭނީ 35 ފަރާތަށް ކަމުގައި ދަންނަވަމެވެ.

ވީމާ، ލ.ދަނބިދޫއާއި ލ.ކަލައިދޫގައި ދިރިއުޅުއްވާ ބޭފުޅުންގެ ތެރެއިން ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުން، އެ މީހަކު ދިރިއުޅޭ ރަށެއްގެ ކައުންސިލްގެ އިދާރާއަށް ނަން ހުށަހެޅުން އެދެމެވެ. ނަން ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޑިސެންބަރު 13 ވަނަ ދުވަހުގެ 12:00 ގެ ކުރިންނެވެ.

އިސްވެދެންނެވުނު ދެރަށުގެ ތެރެއިން ރަށަކުން ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެލެއްވުމަށް ކަނޑައަޅާފައިވާ އަދަދު ކަމަށްވާ 35 ފަރާތަށްވުރެ އިތުރަށް ނަން ހުށަހަޅާފައިވާނަމަ، 35 ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ މި މިނިސްޓްރީން ހަމަޖައްސަވާ ތާރީޚެއްގައި އާންމުކޮށް ހުޅުވާލައިގެން ބާއްވާ ގުރުއަތުލުމުގައެވެ.

8 ރަބީޢުލްއައްވަލް 1438

08 ޑިސެންބަރު 2016
ހޯދާ