ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

18

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް

މަސައްކަތް ކުރަން ޖެހޭތަން:

ކ. ވިލިނގިލި

މުސާރަ:

މަހަކު 5,956/80 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,552/92 ރުފިޔާ

ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމްގެ ޝަރުޠު:

  • އެމް.ކިޔޫ.އޭ ލެވެލް 5/6 ގެ ސެޓުފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  •  އެމް.ކިޔޫ.އޭ ލެވެލް 4 ގެ ސެޓިފިކެޓަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  • ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރުދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.

އެޑްމިނިސްޓްރޭޓިވް އޮފިސަރ / މެކްސިމަމް މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެޑްމިނިސްޓްރޭޓިވް އޮފިސަރ / މިނިމަމް ( ސްޕައިން ޕޮއިންޓް 10)ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

ގްރޭޑް:

2

ސްޕައިން ޕޮއިންޓް:

10

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް

މަސައްކަތް ކުރަން ޖެހޭތަން:

ކ. ވިލިނގިލި

މުސާރަ:

މަހަކު 4,668/61 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/83 ރުފިޔާ

ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ޢިނާޔަތްތައް

މަގާމްގެ ޝަރުޠު:

  • ގްރޭޑް 12 ނިންމާފައިވުން.ނުވަތަ،
  • 10 ނިންމާފައި 2 އަހަރު ދުވަހުގެ ތަޖްރިބާމަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  • އެމް.ކިޔޫ.އޭ ލެވެލް 1 ނުވަތަ 2،ގެ ސަނަދެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ރަސްމީ ދުވަސްތަކުގައި އޮފީސް ހުޅުވާ ލެއްޕުން އަދި ނުރަސްމީގަޑީގައި އޮފީސް ހުޅުވަން ޖެހިއްޖެނަމަ ވެރިޔާގެ ހުއްދަ އާއިއެކު އޮފީސް ހުޅުވާ ލެއްޕުން.
  • މަސައްކަތު މީހުން، ޕިއޯން އަދި ވޮޗަރުންގެ މަސައްކަތްކުރާގޮތް ބަލާ އެމީހުން ކުރަންޖެހޭ މަސައްކަތްތައް ދުވަހުން ދުވަހައް ދެއްކުން.
  • ކިޔަވައި ދިނުމަށް ބޭނުންކުރާ މެޝިނަރީތަކާއި ލައިބްރަރީގައިވާ ތަކެތި ފިޔަވައި އެހެނިހެން ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން.
  • އޮފީހައް ބޭނުންވާ ތަކެތި ސްޓޮކަށް އޯޑަރުކޮށް ސްޓޮކް ޤަވާއިދާއި އެއްގޮތަށް ބެލެހެއްޓުން.
  • މަރުކަޒުން ބާއްވާ ޖަލްސާ، ސެމިނަރ ފަދަ ކަންކަމުގައި ހަރަކާތްތެރިވުން.
  • މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި ހާޒިރީ ރިޕޯޓްތައް ބެލެހެއްޓުމާއި އަދި މުވައްޒަފުންނާއި ބެހޭ ރިކޯޑްތަށް ބެލެހެއްޓުން.
  • މަރުކަޒަށް އަންނަ ސިޓީތަކަށް ޖަވާބު ދިނުމާއި މަރުކަޒުން ފޮނުވަންޖެހޭ ސިޓީތަށް ތައްޔާރުކޮށް ފޮނުވުން.
  • ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސް ކުރިއެރުމަށްޓަކައި ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދިނުން.
  • ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސްގެ ލަނޑު ދަނޑި ހާސިލްކުރުމަށް އެއްބާރުލުމާއެކު މަސައްކަތްކުރުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ލިބެން ހުންނާނެއެވެ.

http://mnu.edu.mv/images/downloads/Job%20Application.pdf

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ. 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:   

2016 ޑިސެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށްބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، އުވާލާ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަމްބަރު ފޯނާއެވެ.
06 ޑިސެންބަރު 2016
ހޯދާ