ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯޅަކޯޓާއި ވޮލީކޯޓުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ސްޕޯޓްސް އެރީނާގައި ހިމެނޭ ތިރީގައި މިދަންނަވާ ކޯޓުތައް އެޅުމަށް މަސައްކަތްކޮށްދެވޭނެ އަންދާސީހިސާބެއް ހޯދަން ބޭނުންވާތީ އެމަސައްކަތްތަކުގެ އަންދާސީހިސާބު ހޯދުމާގުޅޭ.

ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމުގެ ގޮތުން މިރަށުގައި ހަދާ ތިރީގައި މިދަންނަވާ ކޯޓުތަކުގެ މަސައްކަތްކުރުމުގެ އަންދާސީހިސާބު ހޯދަން ބޭނުންވެއެވެ.

2 ވޮލީކޯޓު

1 ނެޓްބޯޅަކޯޓު

ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި ފ. މަގޫދޫ ކައުންސިލުގެ އިދާރާގައެވެ. އަދި ބިޑްފޮތް ވިއްކުން އޮންނާނީ 2016 ޑިސެންބަރު 13 އިން ފެށިގެން މި އިދާރާއިންނެވެ. ބިޑްފޮތެއްގެ އަގަކީ -/500 ރުފިޔާއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ބިޑުފޮތް ގަންނަ ފަރާތްތަކަށެވެ. އަންދާސީހިސާބުތައް ބަލައިގަތުން އޮންނާނީ 2016 ޑިސެންބަރު 25 ވާ އާދީއްތަދުވަހުގެ 13:00 ގައި ފ. މަގޫދޫ ކައުންސިލުގެ އިދާރާގައެވެ.

އަންދާސީހިސާބު ހުށަހަޅާއިރު މަސައްކަތްކޮށްދެވޭނޭ އަގު ސާފުކޮށް އެނގެން އޮންނަންވާނެއެވެ. އަދި -/100,000 ރުފިޔާގެ ބޭންކް ގެރެންޓީ، މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްފައި އޮންނަންވާނީ ލިޔުމުންނެވެ. ބޭންކް ގެރެންޓީ ހުށަނާޅާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތެއް ނުދެވޭނެވެ. އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭއެވެ. އަންދާސީހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި ”ސްޕޯޓްސް އެރީނާގައި ހިމެނޭ ކޯޓުތަކުގެ މަސައްކަތުގެ އަންދާސީހިސާބު ހޯދުމާގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީހިސާބުތައް ކެނޑުން އޮންނާނީ، ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ހާޒިރުގައި ފ. މަގޫދޫ ކައުންސިލުގެ އިދާރާގައެވެ.

7 ރަބީޢުލްއައްވަލް 1438

06 ޑިސެންބަރު 2016
ހޯދާ