ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިސްލާމިކް ކެޕިޓަލް މާރކެޓް އެވެއަރނަސް ވަރކްޝޮޕް 2016

އިޢުލާން

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) ގެ ޓްރެއިނިންގ އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން، އިސްލާމިކް ކެޕިޓަލް މާރކެޓުގައި އެކުލެވޭ ޕްރޮޑަކްޓުތަކުގައި އިންވެސްޓުކުުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ދެވަނަ ޕްރޮގްރާމް 2016 ޑިސެންބަރު 21 ވާ ބުދަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިވަރކްޝޮޕް ކުރިއަށްދާނީ ހެނދުނު 09:00 ން މެންދުރުފަހު 13:00 އަށެވެ.

މި ވަރކްޝޮޕްގެ މަޤުޞަދަކީ އިސްލާމިކް ފައިނޭންސާއި އިސްލާމިކް ކެޕިޓަލް މާރކެޓާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމެވެ. މިގޮތުން މިވަރކްޝޮޕްގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މައިގަނޑު މަޢުލޫމާތުތަކުގެ ތެރޭގައި އިސްލާމިކް ފައިނޭންސްގެ އަސާސްތަކާއި، އިސްލާމިކް ފައިނޭންސްއާއި، ކޮންވެންޝަނަލް ފައިނޭންސްއާ ދެމެދު ހުރި ތަފާތުތަކާއި، އިސްލާމިކް ބޭންކިންގއާއި ތަކާފުލް، އަދި އިސްލާމިކް ކެޕިޓަލް މާރކެޓް ޕްރޮޑަކްޓްތަކާގުޅޭ މަޢުލޫމާތު ހިމެނެއެވެ. މި ވަރކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ދިވެހިބަހުންނެވެ. އަދި ބައިވެރިވުމަށް ފީއެއް ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ. މި ވަރކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ 50 ފަރާތަކަށެވެ.

މި ވަރކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފުރިހަމަ ނަމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީއާއި، ގުޅޭނެ ފޯނު ނަންބަރު، 2016 ޑިސެންބަރު 18 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި އޮތޯރިޓީގެ އީމެއިލް އެޑްރެހަށް [email protected] އީމެއިލް ކުރެއްވުން އެދެމެވެ.

މި ވަރކްޝޮޕްގެ އިތުރު މަޢުލޫމާތު މިއޮތޯރިޓީގެ 3014112 އާއި 3014124 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.   

06 ރަބީޢުލްއައްވަލް 1438

06 ޑިސެންބަރު 2016
ހޯދާ