ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލުފުށީ އެޑިޔުކޭޝަނަލް ޓްރޭނިންގ ސެންޓަރ ޑިޖިޓަލް ކުރުމާބެހޭ

އިޢުލާން

ވިލުފުށީ އެޑިޔުކޭޝަނަލް ޓްރޭނިންގ ސެންޓަރ ޑިޖިޓަލް ކުރުމާބެހޭ:

ވިލުފުށީ އެޑިޔުކޭޝަނަލް ޓްރޭނިންގ ސެންޓަރ ޑިޖިޓަލްކުރުމަށް ބޭނުންވާ މެޝިނަރީޒާއި ތަކެތި ގަނެ، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަގު ހުށަހަޅަންވާނީ ތަކެތި ވިއްކުމުގެ އަގާއި، އިންސްޓޯލްކޮށްދިނުމުގެ އަގު ވަކިވަކިންނެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުގެ 11:00 ގައި ވިލުފުށީ ކައުންސިލުގެ އިދާރާގެ ކޮންފަރެންސްހޯލުގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ޑިސެންބަރު 27 ވާ އަންގާރަދުވަހުގެ 11:00 ގައި ވިލުފުށީ ކައުންސިލުގެ އިދާރާގެ ކޮންފަރެންސްހޯލުގައެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ހާޒިރުވުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ، ވެރިފަރާތުގެ ސިޓީއަކާއި ދެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއަކާއި މައުލޫމާތު ސާފުކުރުމަށް ކުންފުނީގެ ފަރާތުން ހާޒިރުވާ ފަރާތް އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، 6780701 އަށް ރަސްމީގަޑީގައި ގުޅުން އެދެމެވެ.

29 ޞަފަރު 1438

29 ނޮވެންބަރު 2016
ހޯދާ