މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
'ނޭޝަނަލް ވޯކްޝޮޕް އޮން ބާޒަލް ކޮންވެންޝަން' ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި، ތަނުގެ ތައްޔާރީތަކާއި، ކޭޓަރިންގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ވަނީ 2017 ޖަނަވަރީ 09 ވަނަ ދުވަހާއި 10 ވަނަ ދުވަހު 'ނޭޝަނަލް ވޯކްޝޮޕް އޮން ބާޒަލް ކޮންވެންޝަން' ބޭއްވުމަށް ހަމަޖައްސާފައެވެ. ވީމާ، މިކަމާ ގުޅޭ ޓާރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާ ޚިދުމަތްތައް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް

މި ބައްދަލުވުމަށް ބޭނުންވާ ތަނާއި، ތަނުގެ ތައްޔާރީތަކާއި، ކޭޓަރިންގެ ޚިދުމަތް ފޯރުކޮށް ދޭންޖެހޭ ގޮތާއި، ވަގުތާއި، ޚިދުމަތުގެ ކޮލެޓީއާއި އެހެނިހެން ކަންކަން ހަމެޖެހިފައި ހުންނަން ޖެހޭގޮތުގެ ތަފުސީލު ހިމަނާފައިވާ ' ޓާރމްސް އޮފް ރެފަރަންސް ' މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ހުށަހަޅަންވީ ތަކެތި

  • އަންދާސީހިސާބު ހުށަހަޅަން ވާނީ މަސައްކަތުގެ އަގާއި ޖީ.އެސް.ޓީގެ އަގު ވަކިން އެނގޭ ގޮތަށެވެ.
  • އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅުއްވާނީ ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ވަކިވަކި ބައިތަކުގެ އަގާއި އަދަދު ވަކިން އެނގޭގޮތަށެވެ.
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ޖީއެސްޓީއަށް ރަޖިސްޓަރީ ކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ ސެޓުފިކެޓުގެ ކޮޕީ.
  • އަމިއްލަ ފަރާތެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ކުންފުންނެއްނަމަ ރަޖިސްޓްރީގެ ކޮޕީ.
  • ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖުރިބާ.
  • މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ

ޕްރީ ބިޑް ބައްދަލުވުން

މި މަސައްކަތުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 ޑިސެންބަރު 05 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޑިސެންބަރު 08 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2016 ޑިސެންބަރު 08 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހުށަހެޅުއްވުން އެދެމެވެ.

" 'ނޭޝަނަލް ވޯކްޝޮޕް އޮން ބާޒަލް ކޮންވެންޝަން' ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި، ތަނުގެ ތައްޔާރީތަކާއި، ކޭޓަރިންގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު ނަންބަރު:  IUL)438-ECAS/438/2016/188)"

އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv

  ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.
  • ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، އިއުލާނުގައި ދެވިފައިވާ މަޢުލޫމާތުގެ މިންގަނޑުތަކަށެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018306 ނަންބަރު ފޯނަށެވެ. 

 

29 ނޮވެންބަރު 2016
ހޯދާ