މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

 

ޑިރެކްޓަރުގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި މި މިނިސްޓްރީން ކޮށްފައިވާ(IUL)101-AF/1/2016/181  ނަންބަރުގެ އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރީމެވެ.

މަޤާމް:

ޑިރެކްޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމް ނަންބަރު:

J-258956

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

މަޤާމުގެ ރޭންކް:

އީ. އެކްސް. 1

މުސާރައާއި ޢިނާޔަތްތައް

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. މުވައްޒަފުންނާބެހޭ ގަވާއިދުތައް ހިންގުމުގައި އެކަންކަން ހިންގަންތިބޭ ވެރިންނަށް ކަންހިންގޭނެ މަގު ފަހިކޮށްދިނުމާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް މުވައްޒަފުންނާބެހޭ އެންމެހައި ކަންތައްތައް ހިންގުމުގައި، އެކަންކަން ހިންގަންތިބޭ ވެރިންނަށް ލަފާޔާއި އިރުޝާދު ދިނުމާއި، އެކަންކަން ހިންގައި ބެލެހެއްޓުން.

2. މުވައްޒަފުންގެ ކުރިއެރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައްޔާއި، ޚިދްމަތްދިނުމުގައި، މުވައްޒަފުން ޤާބިލް ބަޔަކަށް ހެދުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެކަންކަން ހިންގަންތިބި ވެރިންނަށް ލަފަޔާއި އިރުޝާދު ދިނުމާއި، އެކަންކަން ހިންގައި ބެލެހެއްޓުން.

2. މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމަށް ބޭނުންވާ ތަކެއްޗާއި، ތަނުގެ އިންތިޒާމްތައް، އެކަންކަން ކުރުމަށް، އެންމެ ފަހިވާނެގޮތަށް ހަމަޖައްސައިދިނުމުގައި، ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން ކުރެވެންއޮތް އެންމެ ރަނގަޅަކަށް އެކަންކަން ކުރެވޭނެ އިންތިޒާމްތައް، އެ މަސައްކަތްތައް، ބަލަހައްޓާ ވެރިންނަށް ފަހިކޮށް ދިނުމާއި، އެކަންކަން ހިންގައި ބެލެހެއްޓުން.

3. ފައިސާ ޚަރަދުކުރުމާއި، ފައިސާ ބަލައިގަތުމާއި ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް ހިންގުމުގައި އެކަންކަން ހިންގަންތިބޭ ވެރިންނަށް ކަން ހިންގޭނެ މަގު ފަހިކޮށްދިނުމާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ފައިސާ ޚަރަދުކުރުމާއި، ފައިސާ ބަލައިގަތުމާއި ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް ހިންގުމުގައި އެކަންކަން ހިންގަންތިބޭ ވެރިންނަށް ލަފަޔާއި އިރުޝާދު ދިނުމާއި، އެކަންކަން ހިންގައި ބެލެހެއްޓުން.

4. މިނިސްޓްރީގެ އެންމެހައި މަސައްކަތްތައް ރޭވުމުގައްޔާއި، ހިންގުމުގައި، ޕާރމަނަންޓް ސެކްރެޓަރީއަށް އެއްބާރުލުން ދިނުމާއި، ލިބިފައިވާ ތަޖުރިބާއާއި މަޢުލޫމާތުގެ އަލީގައި ކަންކަން އިޞްލާޙްކުރުމަށް މަސައްކަތްކުރުމާއި، މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރުމަތިކުރުމަށް ކުރެވޭ ކަންތައްތައް ރޭވުމުގައި އެހީތެރިވުން.

5. މިނިސްޓްރީން ޢަމަލުކުރަމުންގެންދާ ޤާނޫނުތަކަށާއި، ގަވާއިދުތަކަށް، އެއިރަކަށް ގެންނަންޖެހޭ އިޞްލާޙްތައް ދެނެގަތުމާއި، އިޞްލާޙްތައް ގެނައުމުގައި އެހީތެރިވެދިނުން.

6. މިނިސްޓްރީގައި ހިންގައި ބަލަހައްޓާ ކަންތައްތަކާއި، ދެމުންގެންދާ ޚިދުމަތްތަކާބެހޭ އެސް.އޯ.ޕީތައް ލިޔެ ތައްޔާރުކުރުމުގައްޠާއި، އެސް.އޯ.ޕީ އަށް އިޞްލާޙްތައް ގެނައުމުގައި، އެހީތެރިވެދިނުމާއި، ލަފައާއި އިރުޝާދުދިނުން.

7. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލުކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ހިއުމަން ރިސޯސް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ހިއުމަން ރިސޯސްގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ހިއުމަން ރިސޯސްގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ހިއުމަން ރިސޯސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން:

 

 

 

އިންޓަވިއު ކުރުން:

- މި މަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި ނުވަތަ 2 ހަފުތާގެ ތެރޭގައެވެ.

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަވިއުގެ އިތުރުން، ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާ ގުޅޭ މަޢުލޫމާތު އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު، 2016 ޑިސެންބަރު 18 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުން ނުވަތަ  [email protected]  އަށް މެއިލްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ރާއްޖެއިން ބޭރުގެ ސެޓުފިކެޓެއްނަމަ، އެކްރެޑިޓްކުރެވިފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ދައުލަތް ވަޒީފާއަކުން ވަކިވެފައިވާނަމަ، ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ، ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ.

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތްކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނސްޓްރީގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.trade.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި މިނިސްޓްރީގެ 3333174 ނަންބަރު ފޯނާ ގުޅުމުން ނުވަތަ [email protected] އަށް އީމެއިލްކުރުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

 2 ރަބީޢުލްއައްވަލް 1438

01 ޑިސެންބަރު 2016
ހޯދާ